ޚަބަރު

ސަރުކާރުން ވީ ވަޢުދުތަކުގެ ތެރެއިން %99 ވަޢުދު ފުއްދައިފި: ޤާސިމް

ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން %99 ވަޢުދު ފުއްދަވައި ނިންމަވާފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ ލީޑަރު ޤާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.

”އަޅުގަނޑު ޔަގީންކުރަން މި ސަރުކާރުން އޭރު ވެވަޑައިގެންނެވި ހުރިހާ ވަޢުދުތަކެއްގެ %99 މިހާރު ވަނީ ނިންމަވާފައި އިނގޭތޯ“

ނަމަވެސް ރައީސް ޞާލިޙް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން ގިނަ ވަޢުދުތައް ނުފުއްދަވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އޭގެތެރޭގައި މަރުތަކަށް އިންސާފު ހޯދުމާއި، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމާއި، ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމާއި، މަސްވެރިންނަށް ވީ ގިނަ ވަޢުދުތައް ނުފުއްދަވާތީ އިދިކޮޅުން އަބަދު ވެސް ފާޑުކިޔައެވެ.

އެއް ކޮމެންޓް

  1. ކަލަގޮވާ…ގާސިމުއިބުރާހިމްމިލާދީނީސަރުކާރަތްތިހާވަކަތްތާއީދުތިއަކުރައްވަނީތިއަބޭޅާސަރުކާރަތްދައްކައްޖެހޭފާސާމިސަރުކާރުޢަފޫކުރައްވާފަ!ތިއަބޭފުގެޖީބައްމިސަރުކާރުއް!.13.ބިލިޔައްރުފިޔާދެއްވީމަތޯގާސިމުތިއަބޭފުޅާހީފުޅުކުރައްވަނީރާތްޖޭގެރަތްޔިތުއްނަކީމޮޔާންކަމައްތޯއޭއެހެއްހީފުޅުނުކުރައްވާތިތިއަބޭފުޅާއަށްވެސްއިރާދަފުޅުކުރެއްވިޢޔާގެއްދަންލިބޭނީހުދުފޮތިކޮ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close