އަލަމްގީރު އާއި ދެކޮޅަށް ދައުލަތުން އުފުލި 40 ދައުވާއަށް ވެސް އޭނާ އިއުތިރާފުވެއްޖެ
އަލަމްގީރު އާއި ދެކޮޅަށް ދައުލަތުން އުފުލި 40 ދައުވާއަށް ވެސް އޭނާ އިއުތިރާފުވެއްޖެއެވެ.
އޭނާގެ މައްޗަށް މި 40 ދައުވާ އުފުލާފައިވާއިރު އެއްޖިންސުން ގުޅުންހިންގި ކަމަށް އިއުތިރާފުވެފައި ވާތީ، އޭނާ މިހާރު އަންނަނީ 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެއް ޖިންސުން އެތައް ބަޔަކާއިއެކު ގުޅުން ހިންގި ކަމަށް އޭނާ އިއުތިރާފު ވުމުން އަލަމްގީރްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގައެވެ.
އަލަމްގީރްގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 622 މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މި ދައުވާތަކާއި ގުޅިގެން ބޭއްވި އިބްތިދާޢީ އަޑުއެހުން ބާއްވާފައިވަނީ މިއަދު އެވެ. މި އަޑުއެހުން ބާއްވާފައިވަނީ އާންމުންނަށް ނުވަދެވޭހެން ސިއްރުކޮށްގެންނެވެ.
މި މައްސަލައިގާ މިއަދު އޮތް އަޑުއެހުމުގައި ވަކިވަކިން ކޮށްފައިވާ ސާޅީސް ދައުވާއަށް އަލަމްގިރް ވަނީ އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފްވެފައިވާތީ މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.
އަލަމްގީރާއެކު ގިނަ އަދަދެއްގެ މީހުން އެއްޖިންސުން ގުޅުންހިންގި ކަމަށް ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާއިރު، އެއްޖިންސުން ގުޅުންހިންގިކަމަށް މިހާތަނަށް ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާ އުފުލީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ.
މި ގާނޫނުގެ ދަށުން ކުށް ސާބިތުވެއްޖެނަމަ، މައްސަލަ ސާބިތުވާ މީހާއަށް އެންމެ ބޮޑު އަދަބަކަށްވެސް އަންނާނީ 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް ޖިންސީ ކުށުގެ ގާނޫނުން ދައުވާ އުފުލިނަމަ 7 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ފުރުސަތު އޮންނާނެއެވެ.



އެއްބަސް ވާހިސާބުން އޭނާ އެދޭނެ ތިމަންނާއާ ތިމަންނާގެ ޖޯޅާ އެއްގޮޅިއަކަށްލައި މުއްދަތް ކުޑަކޮށްދިނުމަށް އަދި މިޤައުމުގައި މިކަންތަކުރާރުކުރުމަށް ބަހައްޓައިދިނުމަށް ބޮޑުން ބުނާނެ ބަހައްޓާށޭ މައްސަލަނިމުނީ