ބޭރުދުނިޔެ

ޔޫކްރޭންގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ރަޝިއާގެ ހަތިޔާރު އުފުލާ ބާޖެއް ފައްތާލައިފި

ޔޫކްރޭންގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ރަޝިއާގެ ހަތިޔާރު އުފުލާ ބާޖެއް ފައްތާލައިފިއެވެ.

ޔޫކްރޭންގެ އަސްކަރިއްޔާއިން ބުނަނީ ޑްނިޕްރޯ ކޯރުގެ ހަނގުރާމަވެރި ސަރަހައްދެއްގައި ހަތިޔާރާއި އަސްކަރީ ސާމާނާއި ސިފައިން ގޮވައިގެން ދަތުރުކުރަމުން ދިޔަ ރަޝިޔާގެ ބާޖެއް ފައްތާލައިފައިވާ ކަމަށެވެ.

ޔޫކްރޭންގެ އޮޕަރޭޝަނަލް ކޮމާންޑް ސައުތުން ހޯމަ ދުވަހު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ނޮވާ ކަޚޯވްކާ ސިޓީ ކައިރީގައި ހުރި ކޯރު ހުރަސްކޮށް ސިފައިންނާއި ތަކެތި ގެންދިއުމަށް މަސައްކަތް ކުރަމުން ދިޔަ ރަޝިޔާގެ ބާޖަކަށް ޔޫކްރޭންގެ ސިފައިން ހަމަލާދީ ފައްތާލެވިފައިވާ ކަމަށެވެ.

ޔޫކްރޭނުން ދެކުނުގައި ކުރިއަށްދާ ކައުންޓަރ އޮފެންސިވްގެ ތެރޭގައި ކުރިން އެތައް ބްރިޖަކާއި ވަޒަން ޑިޕޯތަކާއި މަރުކަޒުތައް ހަލާކުކޮށްފައި ހުރުމުން ހަތިޔާރާއި ސާމާނު ކޯރު ހުރަސްކޮށް ގެންދިއުމަށް ރަޝިޔާގެ ސިފައިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close