ޚަބަރު

45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި


މުޅި ރާއްޖެ އަށް މޫސުން ގޯސްވެ 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓު ނެރެފިއެވެ.

މެޓުން މިއަދު ބުނީ މިއަދު 8:15 އިން ފެށިގެން ހަވީރު 16:00އާ ހަމައަށް މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އަދި ބުނީ ގަޑިއަކު 19 މޭލާއި 24 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.

ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެ އަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންކަމުން ކަނޑުދަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close