ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް މުލަކަތޮޅަށް ވަޑައިގަންނަވަނީ

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މުލަކަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅުގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މި ދަތުރުފުޅުގައި އެ އަތޮޅުގެ 5 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ. އެގޮތުން މުލަކަތޮޅު ރަތްމަންދޫ، މަޑުއްވަރީ، ދިއްގަރު، ވޭވަށް އަދި މުއްޔަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، އަތޮޅުތަކުގެ ރައްޔިތުންގެ ހާލަތު ގާތުން ބެއްލެވުމަށް އެމަނިކުފާނު ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރެވެ. މި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި މުއައްސަސާތަކުގެ އިސް ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދެއެވެ. އަދި ރަށުގެ އާއްމު ޚިދުމަތްދޭ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުން ކުރިއަށްދާނެއެވެ.

މުލަކަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރަށްތަކުގައި ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތް އެ މަނިކުފާނު ބައްލަވާލައްވާނެއެވެ. އަދި ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close