ކީރިތި މާތް ނަބިއްޔާއަށް ފުރައްސާރަ ކުރި ބީޖޭޕީ މެމްބަރު ސަސްޕެންޑް ކޮށްފި
ނިއުދިއްލީ [އިންޑިއާ] (އޮގަސްޓް 23): ބާރަތިޔާ ޖަނަތާ ޕާޓީގެ މަރުކަޒީ ޑިސިޕްލިނަރީ ކޮމިޓީން ޓެލަންގާނާގެ ލީޑަރު ޓީ ރާޖާ ސިންގް، ކައު ސާހިބާ މުހައްމަދު ނަބިއްޔާ (ޞޢވ) ނިސްބަތްކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެން ސަސްޕެންޑްކޮށްފި އެވެ.
މިއަދުގެ ވަގުތެއްގައި އޭނާގެ މައްޗަށް ދައުވާކޮށް ފަހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ދަބީރުޕޫރާ ޕޮލިސް ސްޓޭޝަންގައި އެމައްސަލަ ރަޖިސްޓްރީކޮށްފައިވަނީ އިންޑިއާގެ ގާނޫނުލް އުގޫބާތުގެ 153 ވަނަ މާއްދާގެ ކ، 295، އަދި 505 ވަނަ މާއްދާގެ ދަށުންނެވެ.
އެ ޕާޓީން ބުނީ އޭނާ ދެއްކެވި ވާހަކަތަކަކީ އެ ޕާޓީގެ ލައިނާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ރާޖާއަށް ފޮނުވާފައިވާ ސަސްޕެންޝަން ސިޓީގައި ބުނެފައި ވަނީ “އެކި ކަންކަމުގައި ޕާޓީގެ ރޫހާ ހިލާފަށް ޚިޔާލު ފާޅުކުރައްވާފައިވާ ކަމަށާއި އެއީ ބާރަތިޔާ ޖަނަތާ ޕާޓީގެ ގާނޫނު އަސާސީގެ ގަވާއިދާއި ހިލާފު ކަމެއް ކަމަށެވެ.
ޑިސިޕްލިނަރީ ކޮމިޓީގެ ވެރިޔާ އޯމް ޕަތަކް ލިޔުއްވާފައިވާ ސަސްޕެންޝަން ސިޓީގައި ވިދާޅުވީ އިތުރަށް ތަހުގީގު ކުރެވެންދެން ޕާޓީން ސަސްޕެންޑް ކޮށްފައިވާ ކަމާއި، މި އަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އަމިއްލަ ދިފާއީ ހެކި ހުށަހެޅިދާނެކަމަށެވެ. އަދި ހުށަހަޅާ ހެކި ސާބިތު ނުވެއްޖެނަމަ ނުވަތަ ހެކި ނުދެއްކިޖެއްނަމަ ޕާޓީން ވަކިކުރާނެކަންވެސް އޭނާއަށްވަނީ އެސިޓީގައި އަންގާފައެވެ.
ރާޖާ ވަނީ ރަސޫލާއާ ރަސޫލާއާ ދެކޮޅަށް ފުރައްސާރަކޮށް ވާހަކަ ދައްކަވާ 10 މިނެޓުގެ ވީޑިއޯއެއް އާންމުކޮށްފަ އެވެ.
މީގެ ކުރިން ބީޖޭޕީގެ ގައުމީ ދެ ތަރުޖަމާނަކު ކަމަށްވާ ނޫޕޫރު ޝަރްމާ އާއި ދިއްލީގެ ލީޑަރު ނަވީން ޖިންދާލް ވެސް ނަބިއްޔާއާ ދެކޮޅަށް ކޮމެންޓް ކުރެއްވުމުންނާއި މިފަދަ ވާހަކަތަކެއް ދެއްކެވުމުން ވަނީ ސަސްޕެންޑް ކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ހައިދަރުއާބާދުގެ ފުލުހުން ވަނީ ސަލާމަތީ ކަންކަން އިތުރުކޮށް، ހައިދަރުއާބާދު އެކި ސަރަޙައްދުތަކަށް ފުލުހުން ފޮނުވާފައެވެ.
އެހެންނަމަވެސް ރިޕޯޓް ބުނާގޮތުގައި މުސްލިމުންވަނީ މުޒަހަރާފަށާފައެވެ. މުޒަހަރާގެ ބައިވެރިން އިތުރުވެ އެކި ސަރަޙައްދުތަކަށް ފުޅާވެގެން ހިނގައިދާނެކަމަށްވެސް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.




މޯދީ ޕާޓީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ހަދާތީ މޑޕ އެހާގާތްކޮން ކަމޭހިތާ ބުނާހާކަމެތްކޮން ބުނާހާގޮތެއްހަދަީ އިސްލާމދީނަށާ ކީރިތިރަސޫލާއަށވެސްލޯބާކުލުނުނެތީމަ އޭގެމީހުނަށްވަރަށްކަމޭހިތާނެނ