ބޭރުދުނިޔެ

ސާބިއާގެ އެމްބަސީތަކަކާއި ކޮންސިއުލޭޓެއްގެ އެކައުންޓްތައް ޓްވިޓާއިން “ސަސްޕެންޑް” ކޮށްފި

އެމެރިކާގައި ހުންނަ ސާބިއާގެ ހަތް އެމްބަސީއަކާއި ކޮންސިއުލޭޓެއްގެ އެކައުންޓްތައް ޓްވިޓާއިން “ސަސްޕެންޑް” ކޮށްފައިވާ ކަމަށް ބެލްގްރޭޑްގައި ހުންނަ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނެފި އެވެ. ވާހަކަ ދެއްކުމުގެ މިނިވަންކަން ދަމަހައްޓާ ޔޫރަޕަށް ތާއީދުކުރާ ޑިމޮކްރަސީއެއްގެ މިފަދަ ސެންސަރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ސާބިއާ އިން ވަނީ އެ އެކައުންޓްތައް އަންބްލޮކް ކުރުމަށް ޓްވިޓާގައި އެދިފަ އެވެ.

އަރްމީނިއާ، ގާނާ، އީރާން، އިންޑޮނޭޝިއާ، ކުވައިތު، ނައިޖީރިއާ، އަދި ޒިމްބާބުވޭގައި ހުންނަ އެމްބަސީތަކުގެ އެކައުންޓްތައް “ސަސްޕެންޑް”ކޮށްފައިވަނީ އޮގަސްޓް 18 ވަނަ ދުވަހު ކަމަށް ސާބިއާގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ވަނީ ބުނެފަ އެވެ. އެމެރިކާގެ އިލިނޮއިސް ސްޓޭޓްގެ ޝިކާގޯގައި ހުންނަ ކޮންސިއުލޭޓް އެކައުންޓްވެސް އެއްވެސް އެންގުމަކާ ނުލައި ވަނީ ބޭން ކޮށްފައެވެ.

“ޓްވިޓާގެ ވިޔަފާރީގެ ސިޔާސަތުތަކާ ނުބެހޭ، ޓްވިޓާއަށް އެއްވެސް ގޮތަކަށް ދަތިކުރުމުގެ ފިޔަވަޅު ނާޅާ ޑިމޮކްރެޓިކް ދައުލަތެއްގެ ޑިޕްލޮމެޓިކް އޮފީސްތައް ބޭން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،” ބެލްގްރޭޑް ވިދާޅުވި އެވެ.

“ސާބިއާ އަކީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރަކަށްވުމަށް ސްޓްރެޓެޖިކް ގޮތުން ކޮމިޓްވެފައިވާ ގައުމެއް ކަމަށާއި އަޅުގަނޑުމެންގެ ސިޔާސީ އަދި ޑިމޮކްރެޓިކް މިންގަނޑުތައް، މީޑިއާގެ މިނިވަންކަން ހިމެނޭ ގޮތަށް ، ޔޫރަޕްގެ އެންމެ މަތީ މިންގަނޑުތަކާ އެއްގޮތަށް އެޑްޖަސްޓްކޮށްފައިވޭ،” ސާބިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ.

އެހެންކަމުން ޑިމޮކްރަސީއާއި ޚިޔާލު ތަފާތުވުން ކުރިއެރުވުމަށް ބޮޑާ ހާކާ ސޯޝަލް ނެޓްވޯކެއްގައި އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލަރ އޮފީސްތަކުގެ ސިލްސިލާއެއް ސެންސަރު ކުރުމަކީ މުޑުދާރު ކަމެއް. އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޓްވިޓާއިން އެއްވެސް އެންގުމަކާއި ނުލައި 16 ފަރާތެއްގެ އެކައުންޓް އެންމެފަހުންވެސް ސަސްޕެންޑް ކޮށްފައިވާއިރު، އޭގެ ތެރޭގައި ކޮސޯވޯގެ ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީގެ 13 މެންބަރުން ހިމެނެއެވެ.

މިދިޔަ ހަފްތާގައި ވެސް ވަނީ ހަމަ އެފަދައިން އެއްވެސް އިންޒާރެއް ނެތި ކޮސޯވޯގެ ސަރުކާރުގެ އިސް އޮފިޝަލުން ތަކެއްގެ  އެކައުންޓްތައް ސަސްޕެންޑްކޮށްފަ އެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓްރީގެ އޮފީސް ފޯ ކޯޕަރޭޝަން ވިތު ދަ ޑައިސްޕޯރާގެ ވެރިޔާގެ މަގާމުގައި މިހާރު ވަޒީފާ އަދާކުރަމުން އަންނަ ފްރާންސްއަށް އުފަން އާނޯޑް ގޯއިލޯން ހިމެނެ އެވެ. އޭގެ ފަހުން އޭނާގެ އެކައުންޓް ވަނީ އަލުން އިއާދަ ކޮށްފަ އެވެ.

ސަސްޕެންޝަން ކުރުމަށް ޓްވިޓާއިން ސާބިއާގެ އެކައުންޓްތަކަށް އަމާޒުކުރި ދުވަހު ސާބިއާގެ ރައީސް އެލެކްސަންޑާ ވުސިޗް ވަނީ ކޮސޯވޯގެ އަލްބޭނިއާގެ ކަމާބެހޭ ފަރާތްތަކާ ބްރަސެލްސްގައި ބައްދަލުކުރައްވާފަ އެވެ. އެމެރިކާއާއި އީޔޫގެ މެދުވެރިއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި މަޝްވަރާތަކަކީ ވަކިވެފައިވާ ޕްރޮވިންސްގައި އުފެދިފައިވާ ފިތުނަތައް ހައްލުކުރުމަށް ނިންމާފައިވާ މަޝްވަރާތަކެކެވެ.

ނޭޓޯއިން 1999 ވަނަ އަހަރު 78 ދުވަހުގެ ހަނގުރާމައަށްފަހު ކޮސޯވޯ ހިފެހެއްޓި އަލްބޭނިއާގެ ނަސްލީ ވަކިވެފައިވާ ފަރާތްތަކާ އެ ކޮސޯވޯ ހަވާލުކޮށް، އެމެރިކާގެ ތާއީދާއެކު 2008 ވަނަ އަހަރު މިނިވަންކަން އިއުލާންކުރި އެވެ. ރަޝިޔާއާއި ޗައިނާއާއި ދުނިޔޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ގައުމުތަކުން ތާއީދުކުރާ ޕްރިސްޓިނާގައި ސަރުކާރު ބަލައިގަތުމަށް ބެލްގްރޭޑުން ދެކޮޅު ހަދައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close