ބޭރުދުނިޔެ

މޮސްކޯގައި ދިން ބޮމުގެ ހަމަލާއެއްގައި ޕޫޓިންގެ އެކުވެރިއެއްގެ އަންހެން ދަރިއަކު މަރާލައިފި

ރަޝިއާގެ ތަހުގީގީ ކޮމިޓީން ބުނި ގޮތުގައި އުމުރުން 29 އަހަރުގެ ދާރިޔާ ޑުޖީނާ މަރުވީ މޮސްކޯގެ ބޭރުގައި އޮންނަ މަގެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ނެވެ.

ބެލެވޭ ގޮތުގައި އެކަމަނާގެ ބައްޕާފުޅު، ރަޝިޔާގެ ފިލޯސަފަރެއް ކަމަށްވާ އެލެގްޒެންޑަރ ޑުޖިން އަކީ “ޕުޓިންގެ ބުއްދި” ގެ ނަމުން މަޝްހޫރުވެފައިވާ ބޭފުޅަކަށް ވާތީ، މި ހަމަލާގެ އަމާޒަކަށް އެކަމަނާ ވެދާނެ އެވެ.

މިސްޓަރ ޑުގީންއަކީ ރަޝިޔާގެ ރައީސްގެ އަރިސް ބޭފުޅެއް ކަމަށް ބެލެވޭ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ.

އެލެގްޒެންޑަރ ޑުޖިން އާއި އޭނާގެ އަންހެން ދަރިފުޅު މޮސްކޯ ގެ ކައިރީގައި އޮތް ފެސްޓިވަލެއްގައި އުޅުނު އިރު ފިލޯސަފަރ ވަނީ ހޮނިހިރު ދުވަހުގެ ހަވީރު ތަގުރީރެއް ދީފައެވެ.

ދެވުނު ހަމަލާއަށްފަހު، މިސްޓަރ ޑުޖިން ވަކިން ދަތުރުކުރުމާމެދު އެންމެ ފަހު މިނިޓްގައި ގޮތެއް ނިންމުމުގެ ކުރިން އެ ދެމަފިރިން އެތަނުން ނުކުންނަން ހަމަޖެހިފައި އޮތީ ހަމަ އެ ކާރުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓެލެގްރާމްގައި ޕޯސްޓްކޮށްފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި، ވެހިކަލެއްގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ހިނގި ސަރަހައްދަށް އިމަޖެންސީ ހިދުމަތްތެރިން އައިއިރު، މިސްޓަރ ޑުޖިން ޝޮކެއްގައި މަންޒަރު ބަލަން އިންނަމަންޒަރު ފެނެއެވެ.

ތަހުގީގުކުރާ ފަރާތްތަކުން ކަށަވަރުކޮށްދިން ގޮތުގައި ކާރު ދުއްވަން އިން މިސް ޑުޖީނާ މަރުވީ ބޮލްޝިޔޭ ވިޔަޒެމީ ނަމަކަށް ކިޔާ ވިލެޖް ކައިރީގައި އޮންނަ އަވަށެއްގަ އެވެ.

އެމީހުން ބުނީ ކާރުގެ ދަށުގައި ހަރުކޮށްފައި ހުރި އެކްސްޕްލޯސިވް ޑިވައިސްއެއް ގޮވުމުން ވެހިކަލްގައި އަލިފާން ރޯވި ކަމަށެވެ. ފޮރެންސިކް އަދި އެކްސްޕްލޯސިވް އެކްސްޕާޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޔޫކްރެއިންގެ އޮފިޝަލަކު ވަނީ މި ހާދިސާގައި ޔޫކްރެއިންގެ ބައިވެރިވުން އޮތް ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.

“ޔޫކްރެއިންއާ މިކަމަކާ އެއްވެސް ގުޅުމެއް ނެތް، ސަބަބަކީ އަހަރެމެންނަކީ ޖިނާއީ ދައުލަތެއް ނޫން، އެއީ ރަޝިއާ ފެޑެރޭޝަން، އަދި އެއަށްވުރެ ވެސް ޓެރަރިސްޓް ދައުލަތެއް،” ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ މުޝީރެއް ކަމަށްވާ މައިޚައިލޯ ޕޮޑޮލިކް ވިދާޅުވި އެވެ.

ރަޝިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަކަބާގާ ޓެލެގްރާމް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔޫކްރެއިންގެ އެއްވެސް ގުޅުމެއް މިކަމުގައި އޮތްކަން ފާހަގަ ވެއްޖެނަމަ އެކަމުގެ ރައްދު ވަރަށް ހިތިވާނެކަމަށެވެ.

އެއް ކޮމެންޓް

  1. މި ޚަބަރު ލިޔުނު މީހާއާށް ދިވެހިބަހުން އެއްޗެތި ސާފުކޮށް ލިޔަން ނޭނގޭކަން އެޑިޓަރު ގެ ސަމާލުކަމަށް ގެންނާން.

  2. މި ޚަބަރު ލިޔުނު މީހާއާށް ދިވެހިބަހުން އެއްޗެތި ސާފުކޮށް ލިޔަން ނޭނގޭކަން އެޑިޓަރު ގެ ސަމާލުކަމަށް ގެންނަން.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close