ބޭރުދުނިޔެ

އަފްޣާނިސްތާނަށް އިންޑިއާއިން 32 ޓަނުގެ ސިއްހީ އެހީގެ ތަކެތި ފޯރުކޮށްދީފި: އެމްއީއޭ

ނިއުދިއްލީ [އިންޑިއާ] (އޮގަސްޓް 20): އިންޑިއާއިން އަފްޣާނިސްތާނަށް ދޭ އިންސާނީ އެހީތެރިކަމުގެ ތެރެއިން 32 ޓަނުގެ މުހިންމު ބޭސް ހިމެނޭ ދިހަ ވަނަ ބެޗްގެ ސިއްހީ އެހީތެރިކަން ބުރާސްފަތި ދުވަހު ފޯރުކޮށްދީފި އެވެ.


އެ ކޮންސައިންމެންޓް ހަވާލުކޮށްފައިވަނީ ކާބުލްގެ އިންދިރާ ގާންދީ ހޮސްޕިޓަލަށެވެ.


“އަފްޣާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އދ އިން ކޮށްފައިވާ އަވަސް އިލްތިމާސްތަކަށް ބަލާއިރު، އިންޑިއާއިން ވަނީ، މިހާތަނަށް ދިހަ ބެޗަކަށް ބަހާލައިގެން 32 ޓަނުގެ މެޑިކަލް އެހީ ފޯރުކޮށްދީފައެވެ.

އޭގެ ތެރޭގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ބޭހާއި، އެންޓި ޓީބީ ބޭސް، ކޮވިޑްގެ 500،000 ޑޯޒް ހިމެނޭއިރު، ވެކްސިން ފަދަ ތަކެތި ހިމެނެއެވެ.

އަފްޣާނިސްތާނުގެ ވެރިކަމާއި ޠާލިބާނުން ހަވާލުވިފަހުން ބައިނަލް އަޤުވާމީ ގުޅުންތައް ހީނަރުވެ އެޤައުމުގެ ރައްޔިތުންވަނީ ބޭހާއި ކާބޯތަކެއްޗަށް ޖެހިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close