މިސުރުގެ ފައްޅިއެއްގައި އަނެއްކާވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ޤާހިރާ – ޤާހިރާގެ ޗާޗެއްގައި އަލިފާން ރޯވެ 41 މީހުން މަރުވިތާ ދެ ދުވަސް ފަހުން މިސްރުގެ ޗާޗެއްގައި އަނެއްކާވެސް ކަރަންޓު ޝޯޓެއް ހިނަގައި އަލިފާން ރޯވެއްޖެ އެވެ.
މިނިޔާ ސިޓީގައި ހުންނަ އަންބާ ބިޝޯއީ ޗާޗުގައި ބަންދުކޮށްފައިވާ ހޯލެއްގައި އަލިފާން ރޯވުމުން ދުމުގެ އަސަރުކޮށްގެން މިހާތަނަށް އެކަކަށް ފަރުވާ ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
“ވަގުތުން ސިވިލް ޕްރޮޓެކްޝަން ފޯސްތަކުން ހަރަކާތްތެރިވެ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލެވުނީ އެއްވެސް ފުރާނައެއް ގެއްލުމެއް ނެތި،” އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.
މެންދުރު 2:30 ހާއިރު އެލާޓް ލިބުނުތާ ހަ މިނެޓުގެ ތެރޭގައި އެމްބިއުލާންސްތައް އެތަނަށް އައެވެ. އަދި އެ ސަރަހައްދު ރައްކާތެރި ހާލަތަށް ގެނެވެންދެން ކަމާ ފަރާތްތައް ގުޅިގެން މަސައްކަތްކުރިއެވެ.
މިހާދިސާގައި އެއްވެސް މީހަކު މަރުނުވާ ކަމަށާއި، އަލިފާން ރޯވެފައިވަނީ ކަރަންޓު ޝޯޓް ސާކިއުޓެއްގެ ސަބަބުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިހާދިސާ ރެކޯޑް ކުރެވިފަ މިވަނީ ޤާހިރާގެ އިމްބާބާ ޑިސްޓްރިކްޓްގައި ހުންނަ އަބޫ ސެފެއިން ކޮޕްޓިކް ޗާޗުގައި ހުކުރު ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށްފަހު މިހާ ގާތްގާތުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާގެ ގޮތުގައެވެ.


