ބޭރުދުނިޔެ

ޔުކްރެއިންގެ ހަނގުރާމައާއި ގުޅިގެން ސައުދީ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައިފި

ޔޫކްރެއިން ގެ ހަނގުރާމައާއި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ސައުދީ އަރަބިއްޔާ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ރިވިއު ކުރައްވައިފިއެވެ.

ހުކުރު ދުވަހު ސައުދީ އަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔޫކްރެއިންއާއެކު “މަޝްވަރާތައް ވަރުގަދަ” ކުރުމަށް ރަޝިޔާއަށް ހިތްވަރު ދެއްވީ، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯވްއާއެކު ކުރެއްވި ކޯލެއްގައި ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ދެ ވަޒީރުން “ޔޫކްރެއިންގެ މައްސަލައާ ގުޅުން ހުރި އެންމެ ފަހުގެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި” ކަމަށެވެ.

މީގެ އިތުރުން، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށާއި، މައިގަނޑު ގޮތެއްގައި “މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުން” މި ދެގައުމުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އަރައިފައިވާއިރު، ރޮއިޓަރސްއިން ވަނީ މާޗް މަހުގެ 5 ވަނަ ދުވަހާ ދެމެދު މަދުވެގެން 9100 މީހުން މަރުވެ، އެއް މިލިއަން މީހުން ގެދޮރު ދޫކޮށް ހިޖުރަކޮށްފައިވާކަމަށް ރިޕޯޓްކޮށްފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގެ ދައުލަތަކަށް ދިން އެންމެ ބޮޑު ހަމަލާކަން ފާހަގަކޮށްލެވެއެވެ.

މިކަމުގެ ސަބަބުން ނޭޓޯއާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ލޮޖިސްޓިކްސް ކަނޑާލުމާއި، މާކެޓް އެކްސެސް ކަނޑާލުމާއި، ކްރެމްލިންއާ ގުޅުން އޮންނަ ބާރުގަދަ ފަރާތްތަކާ މުއާމަލާތްކުރުން ހިމެނެއެވެ.

މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިޤްތިޞާދީ ކުރިއެރުމާއި އިޤްތިޞާދު ހުއްޓުމަކަށް އަންނާނެކަމަށް ބެލެވޭއިރު، ހަނގުރާމައިގެ މައިދާނުގައި ސީދާ ގޮތުން އެއްވެސް އަސަރެއް ކުރިކަމަށް ރެކޯޑްކުރެވިފައެއް ނުވެއެވެ.

މިއާ ޚިލާފަށް، މޮސްކޯއިން އަދިވެސް ބުނަމުންދަނީ، މި އިންގިލާބަކީ ނުރައްކާތެރި ނޭޝަނަލިސްޓުންގެ ގޮތުގައި ދެކޭ މީހުން އަތުލައިގަތުމަށް ހިންގާ “ހާއްސަ އޮޕަރޭޝަނެއް” ކަމަށާއި، އާންމުންނަށް އަމާޒުކޮށް ހަމަލާދިނުމަށް އިންކާރު ކުރާ ކަމަށެވެ.

ނަމަވެސް މީޑިއާތަކުން ނާއި ސަރުކާރުގެ ހޯދުންތައް ވަނީ ދޮގުކޮށްފަ އެވެ. މާޗް މަހުގެ 4 ވަނަ ދުވަހު ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، ޔޫކްރެއިންގެ ސިޓީއެއް ކަމަށްވާ ޗެރްނިހިވްގެ މީހުން ދިރިއުޅޭ ޑިސްޓްރިކްޓަކަށް ވައިގެ މަގުން ދިން ހަމަލާތަކެއްގައި 47 މީހުން މަރުވެފައިވާ ކަމަށެވެ.

ޗެރްނިހިވް ނަމަކަށް ކިޔާ ޓައުނަކީ ކީވްގެ އިރުއުތުރުން 120 ކިލޯމީޓަރު (75 މޭލު) ދުރުގައި އޮންނަ ޓައުނަކުން ރަޝިއާގެ ސިފައިން އުތުރުން ފޭބުމަށް މަސައްކަތް ކުރަމުން ދިޔަ ޓައުނެވެ.

ނަމަވެސް ފަހަކަށް އައިސް ރަޝިޔާއިން ވަނީ ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއަރ ޕަވަރ ޕްލާންޓް ހިފަހައްޓާފައެވެ.

ޔޫކްރެއިންގެ ނިއުކްލިއަރ ސައިޓްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭ ގޮތުން ޔޫކްރެއިންއާއި ރަޝިޔާއާއެކު މަޝްވަރާކުރުމަށް ޗެރުނޮބީލްއަށް ދަތުރުކުރުމަށް އދގެ ނިއުކްލިއަރ ވޮޗްޑޯގްގެ އިސްވެރިޔާ ހުށަހަޅުއްވާފައިވާއިރު، މި ޕްލާންޓްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އދގެ އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) އިން ދަނީ ކެނޑިނޭޅި މޮނިޓަރ ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close