ދަމު ނަމާދުގައި އޮންނަނީ ވަކި ސޫރަތްތަކެއް ކިޔެވުން ތޯ؟
ސުވާލު: ދަމު ނަމާދުގައި ކިޔަވަން ޖެހެނީ ވަކި ސޫރަތް ތަކެއްތޯ؟ އަދި ކިޔެވުން އޮއްނަނީ ވަކި ވަރަކަށް ތޯ؟
ޖަވާބު: ދަމު ނަމާދުގައި ސޫރަތުލް ފާތިހާގެ ފަހުގައި ކިޔެވުމަށް ސުއްނަށް ވެގެންވާ ވަކި ސޫރަތެއް ނޯވެއެވެ.
ހަމަ އެމީހަކު ބޭނުން ސޫރަތެއް ކިޔަވަންވީއެވެ. އަދި ބޭނުން ދިގު މިނަކަށް އެމީހަކު ހިތު ދަސް ހިސާބެއް ނުވަތަ އެމީހަކު ހިތު ދަސް ކުރަމުންދާ ހިސާބެއް އެމީހަކަށް ފަރިތަކޮށް އިންގޭ ހިސާބެއް ވެސް ކިޔެވިދާނެއެވެ.
ޖަވާބުދެއްވީ : އައްޝައިޚް މުޙައްމަދު ޝާފިޢު
