ބޭރުދުނިޔެ

އިސްރާއިލްގެ ސިފައިން ފަލަސްތީނުގެ މުޖާހިދަކު ޝަހީދު ކޮށްލައިފި

ނާބުލުސް ސްޓޭންޑްއޮފް އޮޕަރޭޝަންގައި އިސްރާއިލްގެ ސިފައިން ފަލަސްތީނުގެ މުޖާހިދަކު ޝަހީދު ކޮށްލައިފިއެވެ.

ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ނާބުލުސްގައި ހުންނަ އަލް އަޤްޞާ ޝަހީދު ބްރިގޭޑްސްގެ ވެރިޔާ އިބްރާހިމް ނަބުލްސީ ، އަންގާރަ ދުވަހު އިސްރާއިލްގެ ހައްދުފަހަނަ އެޅި ޔަހޫދީން ހިންގި އައިޑީއެފް އޮޕަރޭޝަނެއްގައި ޝަހީދު ކޮށްލާފައިވާ ކަމަށް އިސްރާއިލްގެ ނޫސްތަކުން ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އައިޑީއެފްއިން ނަބުލްސީގެ ގެކޮޅު ވަށާލައި، އޭނާ ޝަހީދުކޮށްލީ މިހާރު ހިނގަމުންދާ ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ކަމަށް އައިޑީއެފްއިން ތުހުމަތު ކުރި ނަމަވެސް، ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ފުރަތަމަ ބުނެފައިވަނީ، އޭނާ އަދިވެސް ދިރިހުރި ކަމަށާއި، ނަމަވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

ނަބުލްސީއާއެކު ގެކޮޅުގައި ފިލާ ތިބި ފަލަސްތީނުގެ ދެވަނަ މީހަކުވެސް ޝަހީދުކޮށްލާފައިވާއިރު، ރެޑް ކްރެސެންޓުން ބުނެފައިވަނީ، އިތުރު 30 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އިސްރާއީލުގެ ސްޕެޝަލް ފޯސަސް، ފުލުހުންގެ އެލީޓް ޔަމާމް ކައުންޓަރ ޓެރަރިޒަމް ޔުނިޓާއި، އައި.ޑީ.އެފްގެ ސިއްރު ދުވްދޭވަން ޔުނިޓްގެ ތެރެއިން ނާބުލުސްއަށް ވަދެ، ނާބުލްސީގެ ގެކޮޅު ވަށާލިއެވެ.

ނަބުލްސީއަކީ އަހަރުތަކެއް ވަންދެން އައިޑީއެފްއިން ބޭނުންވި މީހެއް ކަމަށާއި، ހުޅަނގު އައްސޭރީގައި ޓެރަރިސްޓް އެތައް ހަމަލާއެއް ދިނުމުގެ ޒިންމާ އުފުލަންޖެހޭ މީހެއް ކަމަށް ބުނެ، އެ ސަރަހައްދުގެ އަސްކަރީ މަގާމުތަކަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާތަކާއި، ނާބުލުސްގެ އައްސޭރިފަށުގައި ހުންނަ ޖޯސެފްގެ ގަބުރުސްތާނާ ދެކޮޅަށް ދިން ހަމަލާތައް ވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close