ޓެސްލާއިން އަހަރަކު 20 މިލިއަން ކާރު އުފެއްދުމަށް އަމާޒު ހިފައިފި
ޓެސްލާގެ ހިއްސާދާރުން ބުރާސްފަތި ދުވަހު ފާސްކޮށްފައި ވަނީ ޓެސްލާގެ ސްޓޮކް ސްޕްލިޓްކޮށް ކުދި އަދި މެދުފަންޓީގެ އިންވެސްޓަރުންނަށް ފުރުޞަތުތައް ހުޅުވާލައި އެކުންފުނީގެ އުފެއްދުންތައް އިތުރުކުރުމަށެވެ.
ހިއްސާދާރުންގެ ވޯޓުގެ އިބްތިދާއީ ނަތީޖާ އިއުލާންކޮށްފައިވަނީ ޓެކްސަސްގެ އޮސްޓިންގައި ހުންނަ އެ ކުންފުނީގެ އާ ފެކްޓްރީގައި ބޭއްވި އިލެކްޓްރިކް ކާރާއި ސޯލާ ޕެނަލް އުފައްދާ ކުންފުނީގެ އަހަރީ ބައްދަލުވުމުގަ އެވެ.
އަދި އަހަރަކު 20 މިލިއަން ވެހިކަލް އުފެއްދުމުގެ އަމާޒާ ދިމާއަށް ކުންފުނި ކުރިއަށްދާއިރު ކުރިއަށް އޮތްތަނުގައި ބޮޑު ފެކްޓްރީ ފުޅާކުރުމާ ބެހޭ ގޮތުން ވެސް ސީއީއޯ އެލޮން މާސްކް ވަނީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފަ އެވެ. މިހާރު އަހަރަކު ގާތްގަނޑަކަށް 1.5 މިލިއަން އުފެއްދުން އުފައްދަ އެވެ.
މަސްކް ވިދާޅުވީ ޓެސްލާއިން މިއަހަރު އިތުރު ފެކްޓްރީއެއް އިއުލާން ކުރެވިދާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ގާތްގަނޑަކަށް ދިހަވަރަކަށް ފެކްޓްރީ ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިހާރު އެ ކުންފުނީގެ ކެލިފޯނިއާގެ ފްރީމޮންޓްގައި އެސެމްބްލީ ޕްލާންޓްތައް ހުރެ އެވެ.
މާސްކް ސަމާސާ ރާގެއްގައި ވިދާޅުވީ ގިނަ ބަޔަކު ވަނީ ދެން އާ ޕްލާންޓް ހެދުމަށް ކެނެޑާއަށް ލަފާދީފަ އެވެ.
ޓެސްލާގެ ހިއްސާ ބުރާސްފަތި ދުވަހު 925.90 ޑޮލަރުގައި ހުރިއިރު، އެއީ މިއަހަރުގެ މިހާތަނަށް 12.4 ޕަސެންޓްގެ ދަށްވުކެވެ. ނަމަވެސް، އޭޕްރީލް މަހު ޓްވިޓާ ގަތުމަށް ހުށަހެޅީ 44 ބިލިއަން ޑޮލަރުގެ ބިޑަކަށް ފަހު މެއި މަހުގެ ނިޔަލަށް 40 ޕަސެންޓަށް ވުރެ ދަށަށް ގޮސް، ގާތްގަނޑަކަށް ސްޕްލިޓް ނިންމާލި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ގަނެފިނަމަ ޓެސްލާގެ ސަމާލުކަން މާކެޓްގައި ގެއްލިދާނެތީ އިންވެސްޓަރުން ތިބީ ކަންބޮޑުވެފަ އެވެ.
އެކަމަކު ޖުލައި މަހު މަސްކް އެ ޑީލް މަޑުޖައްސާލުމުން ޓްވިޓާއިން ވަނީ އޭނާއަށް މަޖުބޫރުކޮށްގެން އެ ގަތުމަށް ދައުވާކޮށްފަ އެވެ. ޑެލަވޭއާ ޗާންސެރީ ކޯޓުގައި އޮކްޓޯބަރު މަހުގެ ޝަރީއަތެއް ވަނީ ތާވަލްކޮށްފައެވެ.
ޓެސްލާގެ ސްޓޮކް ރަނގަޅުވާން ފެށީ ދެވަނަ ކުއާޓަރުގައި ޖުލައި މަހު ކަމަށާއި، މިއީ ހީކުރި ވަރަށް ވުރެ ރަނގަޅު އާމްދަނީއެއް ކަމަށް ޓެސްލާއިން ވަނީ ބުނެފައެވެ.
ޓެސްލާއިން ސްޓޮކް ބައިބައި ކުރުމަށް ރާވާފައިވާކަން އިއުލާންކޮށްފައިވަނީ މާޗް މަހުގެ ފަހުކޮޅު 1،000 ޑޮލަރަށް ވުރެ މަތީގެ ހިއްސާގެ ވިޔަފާރި ކުރަމުން ދިޔަ ވަގުތުގަ އެވެ. އެކަމުގެ ސަބަބުން ޓެސްލާގެ ޖުމްލަ މާކެޓް ވެލިއުއަށް ނުވަތަ ދުނިޔޭގެ އެންމެ އަގުހުރި އޮޓޯ އުފެއްދުންތެރިޔާގެ ގޮތުގައި ޓެސްލާގެ ދަރަޖައަށް އަސަރެއް ނުކުރާނެ އެވެ.
ޓެސްލާއިން ބުނެފައި ވަނީ ހިއްސާގެ ސްޓޮކް ބަހާލައިފައި ވަނީ މުވައްޒަފުންނަށް ގިނަ އަދަދަކަށް ހިއްސާ ދިނުމުގެ އިތުރުން ރީޓެއިލް އިންވެސްޓަރުންނަށް އެ ސްޓޮކް ލިބޭނެ ގޮތް ހެދުމަށެވެ.
ޓްވިޓާ ގަތުމަށް މާސްކް ޓެސްލާގެ ބައެއް ހިއްސާ ވިއްކާފައިވާއިރު، ކޮލެޓަރަލްގެ ގޮތުގައި އެހެން ހިއްސާތައް ބޭނުން ކުރުމަށް ވެސް ވަނީ ރާވާފަ އެވެ.
އަދި ހިއްސާދާރުން ވަނީ ޓެސްލާގެ ބޯޑަށް އިރާ އެހެރެންޕްރައިސް އާއި ކެތްލީން ވިލްސަން-ތޮމްޕްސަން އިންތިހާބުކޮށްފަ އެވެ.

