ދީން

ފިރިހެނުން ބޯ ދިގުކޮއްފަ އައްސާފަ ބެހެއްޓުމަކީ ކޮންކަހަލަ ކަމެއް؟

ޖަވާބު

ބޮލުގެ އިސްތަށިގަނޑު ދިގުކުރުމަކީ ފިރިހެނުއްނަށް ވަކި ޝަރުތުތަކަކާއިއެކު ހުއްދަ ކަމެކެވެ.

އޭގެތެރޭގައި، އިސްތަށިގަނޑު ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ފުނާ އެޅުމާއި، އަންހެނުންނާއި ވައްތަރު ނުވުމާއި، އާދަކާދަ އާއި ޚިލާފު ނުވުން ހިމެނެ އެވެ.

ތިމާގެ އިސްތަށިގަނޑު ދިގުކުރަނީ ޣައިރު މުސްލިމުންގެ މީހަކާއި ވައްތަރުވުމުގެ ނިޔަތުގައި ކަމަށްވާނަމަ ހަރާމް ވެގެން ވެ އެވެ.

ރަސޫލުﷲ صلى الله عليه وسلم ގެ ހަދީސެއްގެ މާނާގައި ވެ އެވެ. “ބަޔަކާ ވައްތަރުވެގެންފި މީހަކު ވަނީ އެބަޔެއްގެ ތެރެއިއްނެވެ. “

އިސްތަށިގަނޑު ދިގުކުރުމަކީ އެބަޔެއްގެ އާދަކާދަތަކުގެތެރެއިން ނުވާނަމަ އެކަން ނުކުރުން އެދެވިގެން ވެ އެވެ. އަދި މުޖްތަމައުގެ ތެރޭގައި އިސްތަށިގަނޑު ދިގުކުރުމަކީ އަޚްލާގީގޮތުން ދަށް މީހުން ކުރާކަމެއްގެ ގޮތުގައި ދެކެވޭނަމަ ނުކުރުން ވަކިން އައުލާވެގެން ވެ އެވެ.

ފިރިހެނުން ބޯ އެއްސުމުގެ މައްސަލަ ގައި ދައްނަވަމެވެ. އަންހެނުއްނާއި އެއްގޮތް ނުވާ ގޮތަށް ބޯ އެއްސުން މައްސަލަ އެއް ނެތެވެ. ނަމަވެސް ނަމާދަށް އަރާ އިރު ބޯ އައްސާފައި ހުރެގެން ނުވާނެ އެވެ.

ޖަވާބް ދެއްވީ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close