ބޭރު ޤައުމެއްގެ ޖަމާ އަތަކަށް ފައިސާދީގެން ޢުޟްޙިޔާ ކަތިލެވިދާނެތޯ؟
ސުވާލު:
ބޭރު ޤައުމެއްގެ ޖަމާ އަތަކަށް ފައިސާދީގެން ޢުޟްޙިޔާ ކަތިލެވިދާނެތޯ؟ އެގޮތަށް ކަތިލާނަމަ ފައިސާ ދައްކާ މީހާވެސް ނިޔަފަތި ނުކަނޑާ ތޯ ހުއްނަން ޖެހޭނީ؟
ޖަވާބު:
އަމިއްލަ ރަށުގައި ނުވަތަ ގައުމުގައި ޢުޟްޙިޔާ ކަތިލުގެ ތަނަވަސްކަން ނެތް ނަމަ އެގޮތަށް ބޭރު ގައުމެއްގައި ފައިސާދީގެން ކަތިލެވިދާނެއެވެ.
ޢުޟްޙިޔާ ކަތިލުމަށް ނިޔަތް ގަންނަ މީހާގެ މާނައަކީ ގެ އަކުން، އާއިލާއެއް ޢުޟްޙިޔާ ކަތިލާނަމަ އެކަމުގެ އިސްމީހާއެވެ.
މިސާލަކަށް ބައްޕަ، ނިޔަތްގަންނަ ނަމަ އެގޮތަށް ނިޔަފަތި އަދި އިސްތަށި ވަކިނުކޮށް ހުންނާނީ، އޭނާ އެކަންޏެވެ. ހުރިހާ އެއްމެއްނެއް ނޫނެވެ. އެކަމުގައި އިސްނަގާ މީހާއެވެ.
އެއީ ޛުލްޙިއްޖާ މަސް ފެށުނީއްސުރެ ޢުޟްޙިޔާ ކަތިލަންދެނެވެ.
ޙަދީޘްގައިވެއެވެ. إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ (رواه مسلم 1977 ) މާނައީ: “ޛުލްޙިއްޖާމަހުގެ ހަނދު ފެނުމާއެކު، ތިޔަބައިމީހުންގެ ތެރެއިން އުލްޙިޔާ ކަތިލަން ޤަސްދުކުރާމީހަކު އިސްތައްޓެއް ނިޔަފައްޗެއް ނުކަނޑާހުށިކަމެވެ.” އެހެން ރިވާޔަތެއްގައި އިތުރަށްވެއެވެ. “އުޟްޙިޔާ ކަތިލައިފުމަށް ދަންދެން” ކަމުގައެވެ.
ޖަވާބު ދެއްވީ: ✍️الشيخ محمد شافع
