ދީން

ބޭރު ޤައުމެއްގެ ޖަމާ އަތަކަށް ފައިސާދީގެން އުޟްޙިޔާ ކަތިލެވިދާނެތޯ؟ އެގޮތަށް ކަތިލާނަމަ ފައިސާ ދައްކާ މީހާވެސް ނިޔަފަތި ނުކަނޑާ ތޯ ހުއްނަން ޖެހޭނީ؟

ސުވާލު:

ބޭރު ޤައުމެއްގެ ޖަމާ އަތަކަށް ފައިސާދީގެން އުޟްޙިޔާ ކަތިލެވިދާނެތޯ؟ އެގޮތަށް ކަތިލާނަމަ ފައިސާ ދައްކާ މީހާވެސް ނިޔަފަތި ނުކަނޑާ ތޯ ހުއްނަން ޖެހޭނީ؟

ޖަވާބު:
ޢުޟްޙިޔާ ކަތިލުން އެންމެ އައުލާ ވެގެން ވަނީ އެމީހަކު ދިރިއުޅޭ ޤައުމެއްގައި އެމީހަކު ހުރި ތާކުއެވެ. ނަމަވެސް އަމިއްލަ ރަށުގައި ނުވަތަ ގައުމުގައި ޢުޟްޙިޔާ ކަތިލުގެ ތަނަވަސްކަން ނެތް ނަމަ އެގޮތަށް ބޭރު ގައުމެއްގައި ފައިސާދީގެން ކަތިލެވިދާނެއެވެ.

ޢުޟްޙިޔާ ކަތިލުމަށް ނިޔަތް ގަންނަ މީހާގެ މާނައަކީ ގެ އަކުން، އާއިލާއެއް ޢުޟްޙިޔާ ކަތިލާނަމަ އެކަމުގެ އިސްމީހާއެވެ. މިސާލަކަށް ބައްޕަ، އޭނަ އެކަނި އެގޮތަށް ނިޔަފަތި އަދި އިސްތަށި ވަކިނުކޮށް ހުންނާނީ، ހުރިހާ އެއްމެއްނެއް ނޫން، އެކަމުގައި އިސްނަގާ މީހާއެވެ.

އެއީ ޛުލްޙިއްޖާ މަސް ފެށުނީއްސުރެ ޢުޟްޙިޔާ ކަތިލަންދެނެވެ.

ޙަދީޘްގައިވެއެވެ. إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ (رواه مسلم 1977 ) މާނައީ: “ޛުލްޙިއްޖާމަހުގެ ހަނދު ފެނުމާއެކު، ތިޔަބައިމީހުންގެ ތެރެއިން އުޟްޙިޔާ ކަތިލަން ޤަސްދުކުރާމީހަކު އިސްތައްޓެއް ނިޔަފައްޗެއް ނުކަނޑާހުށިކަމެވެ.” އެހެން ރިވާޔަތެއްގައި އިތުރަށްވެއެވެ. “އުޟްޙިޔާ ކަތިލައިފުމަށް ދަންދެން” ކަމުގައެވެ.


✍الشيخ محمد شافع

SheikhShafiuQA

އެއް ކޮމެންޓް

  1. Hey there! I’m at work browsing your blog from my new iphone 4!
    Just wanted to say I love reading through
    your blog and look forward to all your posts!

    Carry on the excellent work!

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close