ދީން

އިސްލާމްކަމުގެ ރުކުންތަކުން ރިވެތި އަޚްލާޤު ތަރުބިއްޔަތު ކޮށްދެއެވެ.

އިސްލާމްކަމުގެ ރުކުންތަކުން ރިވެތި އަޚްލާޤު ތަރުބިއްޔަތު ކޮށްދެއެވެ

ނަމާދާއި ޒަކާތާއި އަދި ރޯދައާއި އަދި ހައްޖުންވެސް މިކަން ދައްކާދެއެވެ.

  1. ނަމާދުން މުންކަރާތާއި ފާޙިޝްކަންތަކުން މިހާ ދުރުކޮށްދެއެވެ.

ނަމާދާއި ބެހޭގޮތުން ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. . وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ  ” އަދި ކަލޭގެފާނު ނަމާދު ކުރައްވާށެވެ. ހަމަކަށަވަރުން ނަމާދު ފާޙިޝް ކަންތައްތަކާއި އަދި މުންކަރާތްތަކުން މީހާ މާނާކޮށްދެއެވެ. ” އެބަހީ ދުރުކޮށްދެއެވެ.

2. ޒަކާތުން މީހާގެ ނަފްސު ޠޯހިރުކޮށްދީ، އެކުވެރިކަން އާލާވެއެވެ.

މާތްﷲ ވަޙީކުރައްވާފައި ވެއެވެ.  خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ ” ” އެއިގެ ސަބަބުން އެބައިމީހުންގެ ފާފަތަކުން، އެބައިމީހުން ސާފުތާހިރުވާނޭ އަދި އެބައިމީހުންނަށް ހެޔޮކަންތައް އިތުރުވާނޭ ޒަކާތް އެބައިމީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ. ”

3. ރޯދައަށް ހުންނަމީހާ ޒުވާބުކޮށް، ދުލުން ހަނޑި އެއްޗެތި ކިޔުމުން ދުރު ނުވާނަމަ އޭނާއަށް ރޯދައިން މިންވަރެއް ނުވެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިއެވެ. ( من لم يدع قول الزور, والعمل به فليس لله حاجة في أن يدع طعامه وشرابه) صحيح البخاري

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ( ليس الصيام من الأكل والشرب , إنّما الصيام من الغو  والرفث فإن سابّك أحدٌ, أوجمعلَ عليه فقل إني صائمٌ)) إبن خزيمة މާނައީ :” ރޯދައަކީ ހަމައެކަނި ކެއުން ބުއިމުން ދުރެވެގެން ުރުމެއް ނޫނެވެ. އަދި ކިއެއްތަ އެއީ ނުބައި ބޭކާރު ވާހަކަތަކުންނާއި ޖިމާޢުފަދަ އެދުންތަކުން ދުރުވެގެން ވުމެވެ. ފަހެ ތިބާއަށް މީހަކު ހަޑިއެއްޗެތި ކިޔައިފިނަމަ ނުވަތަ ޒުވާބު ކުރަން ފަށައިފިނަމަ ތިބާ ބުނާހުށިކަމެވެ. ހަމަކަށަވަރުން ތިމަންމިހުރީ ރޯދައަށެވެ.”

ރޯދައަކީ ހަމައަހަނި ކެއިންބުއިމުން ދުރުވުމެއް ނޫނެވެ. އަދި ކިއެއްތަ އެއީ ނުބައި ބޭކާރު

4. ހައްޖުވުން : މިކަމުގައިވެސް ނަފްސުކޮންޓުރޯލް ކުރުމާއި ކިޔަމަންތެރިކަމަށް މީހާ ތަރުބިއްޔަތު ކޮށްދެއެވެ.

މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. الْحَجُّ أَشْهُرٌ مَعْلُومَاتٌ فَمَنْ فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ ” ހައްޖުވުންވަނީ ކަނޑައެޅިގެންވާ ވަކި މައްސަރު ތަކެއްގެ ތެރޭގައެވެ. ފަހެ އެމައްސަރުތަކުގެ ތެރޭގައި ހައްޖުވުމަށް ޤަޞްދުކޮށް އިހުރާމް ބަނދެފި މީހާ ދަންނާށެވެ. ފަހެ ހައްޖުވުމުގެ ތެރޭގައި ޖިމާޢުވުމެއް އަދި ނުކިޔަމަންތެރިކަމަށް އަރައިގަތުމެއް ނުވެއެވެ.”

އިސްލާމްދީނުގެ މިފަދައަޅުކަން ނުކުރާ މީހުންނީ މުޖުރިމުންނެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ.

إِنَّهُ مَنْ يَأْتِ رَبَّهُ مُجْرِمًا فَإِنَّ لَهُ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحْيَا (74) وَمَنْ يَأْتِهِ مُؤْمِنًا قَدْ عَمِلَ الصَّالِحَاتِ فَأُولَئِكَ لَهُمُ الدَّرَجَاتُ الْعُلَا (75) جَنَّاتُ عَدْنٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَذَلِكَ جَزَاءُ مَنْ تَزَكَّى (76) (ތާޙާ 74-76)

މާނައީ” އެކަލާންގެ ޙަޞުރަތަށް ފާފަވެރިންގޮތުގައި އަންނަ މުޖުރިމުން ދަންނާށެވެ. ފަހެ އެމީހަކަށް ނަރަކައިގެ ޢަޛާބު ހުއްޓެވެ. އެތަނުގައި އެމީހަކު މަރެއްވެސް އަދި ނުވެސް ދިރޭނެއެވެ. އަދި އެކަލާންގެ ޙަޟްރަތައް މުއުމިނުންގެ ގޮތުގައި ރަނގަޅު ޢަމަލުތައް ކޮށް އަންނަ މީހުން (ދަންނާށެވެ!) ފަހެ އެމީހުންނަށްޓަކައި ސުވަރުގޭގެ މަތިވެރި ދަރަޖަތައް ހުއްޓެވެ. އެސުވަރުގެއެއްގެ ދަށުން ކޯރުތައް ދެމިދެމި ހުންނަ ޖަންނަތުލް ޢަދުންގައި އަބަދު އެމީހުން ދެމިތިބޭނެއެވެ. އެއީ ފާފަތަކުން ތާހިރުވެގަތް މީހުންނަށް ހެޔޮޖަޒާއެވެ.”

ރެފަރެންސް: ދިއިސްލާމް.ކޮމް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close