ބޭރުދުނިޔެ

ޔޫއޭއީގައި ފެންބޮޑުވުން: ހުއްޓުމެއް ނެތި ވާރޭ ވެހުމުގެ ސަބަބުން 27 އަހަރުގެ ރެކޯޑެއް!

ޔޫއޭއީ އަށް 27 އަހަރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މިއަދު ކަމަށް އެގައުމުގެ މޫސުމާ ބެހޭ ގައުމީ މަރުކަޒުން ބުނެފި އެވެ.

ދެ ދުވަސް ވަންދެން މެދުކެނޑުމެއްނެތި ވާރޭ ވެހުމުގެ ސަބަބުން ފުޖައިރާގެ ބަނދަރު ސްޓޭޝަނުން 255.2 މިލިމީޓަރުގެ ފެން ރެކޯޑްކޮށްފައިވާއިރު، ޔޫއޭއީގައި ފާއިތުވި 27 އަހަރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ.

ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ މަސާފީގައި ކަމަށާއި އެއީ 209.7 މިލިމީޓަރު ކަމަށާއި ތިންވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ފުޖައިރާ އެއާޕޯޓަށް ކަމަށާއި އެއީ 187.9 މިލިމީޓަރު ވާރޭކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

ނޭޝަނަލް ސެންޓަރ އޮފް މީޓިއޮރޮލޮޖީ (އެންސީއެމް) ގެ ޑރ އަހުމަދު ހަބީބު ބުރާސްފަތި ދުވަހު ޚަލީޖް ޓައިމްސްއަށް ވިދާޅުވީ، “އަޅުގަނޑުމެންނަށް އިންޑިއާއިން އަންނަ ލޯ ޕްރެޝަރު އެބައޮތް ކަމަށާއި މަތީ އަދި ބިމުގެ މަތީ ވައިގެ ޑިޕްރެޝަން ވެސް ޕާކިސްތާނާއި އީރާނުގެ ބައެއް ހިސާބުތަކުން ފޯރާފައިވާ ކަމަށެވެ. ޔޫއޭއީއަށް ލޯ ޕްރެޝަރުގެ އަސަރު ތަޖުރިބާކޮށްފައިވަނީ ޖުލައި 25 އަދި 26 ވަނަ ދުވަހު ހާއްސަކޮށް އެގައުމުގެ އިރުމަތީ ސަރަހައްދުގަ އެވެ.

އޭނާ އިތުރަށް ބުނީ، “މިހާރު ދެ ކަމެއް (ޑަބަލް އިފެކްޓް) އެބައޮތް…ލޯކަލް އިފެކްޓްގެ އިތުރުން ލޯ ޕްރެޝަރު. މިކަމުގެ ސަބަބުން މެދުނުކެނޑި ބޯކޮށް ވާރޭވެހެމުން ދެއެވެ. އަޅުގަނޑުމެންނަށް ރެކޯޑް ކުރެވުނީ ގިނައިން ވާރޭވެހުނު ކަން، ޚާއްޞަކޮށް ފުޖައިރާއަށް. ހުރިހާ ސަރަހައްދަކަށް މިއަހަރު ބޯކޮށް ވާރޭ ވެހިފައިވާ ނަމަވެސް ޚާއްޞަކޮށް ފުޖައިރާއަށް ގިނައިން ވާރޭ ވެހިފައިވަނީ… ފުޖައިރާ ބަނދަރު ސްޓޭޝަނަށް 255.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން ރެކޯޑް ކުރެވިފައިވެއެވެ. މިއީ 27 އަހަރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވާ ފަހަރެވެ.”

މީގެ ކުރިން ފަރުބަދަމަތީގެ ފަރުބަދަތަކުން ވޯޓާ ފޯލްތައް ފޭބިއިރު މަގުތަކުގައި ވެހިކަލްތައް ދަތުރު ނުކުރެވޭވަރަށް ވަނީ ފެންބޮޑުވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close