ބޭރުދުނިޔެ

ފަލަސްތީނުގެ މިނިވަން ދައުލަތެއް ބަލައިގަންނަން ސްޕެއިންއިން ނިންމައިފި

1967 ވަނަ އަހަރު ފާސްކުރި ގަވާއިދުގައި ހިމެނޭ ބޯޑަރުތަކާއެކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ބަލައިގަންނަން ސްޕެއިންއިން މިއަދު ނިންމައިފިއެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އަންގާރަ ދުވަހުގެ ހެނދުނު ވިދާޅުވީ ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ރަސްމީކޮށް ބަލައިގަތުމަށް އެމަނިކުފާނުގެ ސަރުކާރުން ރުހުން ދޭނެ ކަމަށެވެ.
މެޑްރިޑުގައި ދެއްވި ތަގުރީރުގައި އޭނާ ވިދާޅުވީ މިއީ އެއް އަމާޒެއް އޮތް ތާރީހީ ނިންމުމެއް ކަމަށާއި އެއީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ސަންޗޭޒް ވިދާޅުވީ 1967 ވަނަ އަހަރު ކަނޑައެޅިގެންދިޔަ ބޯޑަރުތަކަށް ބިނާކޮށް ސްޕެއިންއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށާއި، ސްޕެއިން އިން ހަމައެކަނި ޤަބޫލުކުރާނީ ދެ ފަރާތުން އެއްބަސްވެފައިވާ ބަދަލުތައް އެކަނި ކަމަށެވެ.
ސަންޗޭޒް ވިދާޅުވީ ފަލަސްތީނުގެ ދައުލަތަކީ ހުޅަނގު އައްސޭރި އާއި ޣައްޒާ ކޮރިޑޯއަކާ ގުޅިފައިވާ އަދި އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިރަށް ކަމަށް ވާތީ ފަލަސްތީނުގެ ދައުލަތް “ފީސިބަލް” ވާން ޖެހޭ ކަމަށެވެ.
އަދި ފަލަސްތީނު އޮތޯރިޓީގެ ބާރުގެ ދަށުގައި އޮންނަ އެއްބައިވަންތަ ފަލަސްތީނުގެ ދައުލަތެއް ވެސް ސްޕެއިނުން ބަލައިގަންނާނެ ކަމަށާއި އެ ދައުލަތަކީ “ސުލްހައިގެ ބައިވެރިޔާ” ކަމަށް ސަންޗޭޒް ސިފަކުރެއްވިއެވެ.
ފަލަސްޠީނު ޤަބޫލުކުރުމަކީ އިސްރާއީލާދެކޮޅަށް އެޅި ފިޔަވަޅެއް ނޫންކަމަށާއި، އެއީ ދެ ދައުލަތުގެ ޙައްލު ކަމަށާއި، އަދި ހަމާސް ޖަމާއަތަށް އެމަނިކުފާނު ސީދާ ތާއީދު ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަންގާރަ ދުވަހު ނޯވޭ އާއި އަޔަލޭންޑުން ވެސް ވަނީ ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނަން ތައްޔާރުވެފައެވެ.
ސަންޗޭޒް ވިދާޅުވީ މިއަދުގެ ނިންމުން ބިނާވެފައި ވަނީ ބައިނަލްއަގްވާމީ ގާނޫނާއި ގަވައިދުތަކުގެ މައްޗަށް ބިނާވެފައިވާ އަމުރަށް އިހުތިރާމް ކުރުމުގެ މައްޗަށް ކަމަށާއި އެއީ ކޮންމެ ކޮންޓެކްޓަކަށް ވިޔަސް އެމަނިކުފާނު ޤަބޫލުކުރައްވާ އުސޫލުތަކެއް ކަމަށެވެ.
ސްޕެއިންގެ ލީޑަރު އިތުރަށް ވިދާޅުވީ މާދަމާއިން ފެށިގެން އޭނާގެ ފޯކަސް އޮންނާނީ މި ސަރަހައްދަށް ދެމެހެއްޓެނިވި ސުލްހަ ގެނައުމަށް ޓަކައި ދެ ދައުލަތުގެ ހަރުދަނާ ހައްލެއް ހޯދުމަށް ބާރު އެޅުމަށް ކަމަށެވެ.
ދެ ދައުލަތުގެ ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ޓަކައި އެންމެ ބޮޑު އިސްކަމެއް ދެނީ “ޣައްޒާގެ މައްސަލަ ނިމުމަކަށް ގެނައުން” ކަމަށާއި އޭގެ ތެރޭގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމާއި، ޣައްޒާއަށް އިންސާނީ އެހީތެރިކަން ހުއްޓުމެއް ނެތި ލިބުމާއި، އިސްރާއީލުން ހައްޔަރުވެފައިވާ ހަނގުރާމައިގެ އަސީރުން މިނިވަންކުރުން ހިމެނޭ ކަމަށް ސަންޗޭޒް ވިދާޅުވިއެވެ.
އަދި ދެ ގައުމުގެ ހައްލު “ތަންފީޒު” ކުރާނެ ބައިނަލްއަގުވާމީ ސުލްހައިގެ ކޮންފަރެންސެއް ބޭއްވުމަށް ސްޕެއިން އިން “ސަރަހައްދުގެ ސުލްހަ އާއި ކުރިއެރުމަށް މަސައްކަތްކުރާ ޕާޓްނަރުންނާ އެކު އެއްބާރުލުން ދެމުން ގެންދާނެ” ކަމަށް އޭނާ ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close