ގަތަރުގައި ކޮވިޑު ޖެހިގެން ތިން ހަފުތާގެ ތުއްތު ކުއްޖަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
“ކޮވިޑުގެ ސަބަބުން ވަރަށް ބޮޑަށް އިންފެކްޝަން ގެ ސަބަބުން ތިން ހަފުތާގެ ތުއްތު ކުއްޖަކު ވަނީ ހިތާމަވެރި ގޮތަކަށް މަރުވެފައި،” އެމިރޭޓްސްގެ ޕަބްލިކް ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
“އެ ތުއްތު ދަރިފުޅަކީ މި ބަލީގެ ޝިކާރައަކަށްވެ އެ ޤައުމުގައި މަރުވި ދެވަނަ ކުއްޖާއެވެ.
ކޮވިޑް-19 ޖެހިގެން ކުޑަކުދިން މަރުވާ ނިސްބަތް އާދަޔާ ޚިލާފަށް ގިނަ ނަމަވެސް، އޮމިކްރޯން ވޭރިއަންޓް ފެތުރެން ފެށި ފަހުން، ބައެއް ގައުމުތަކުގައި ސިއްހީ އިދާރާތަކުން ވަނީ ޅަފަތުގައި ޖެހޭ އިންފެކްޝަންތައް އިތުރުވެފައިވާ ކަމަށް ރެކޯޑްކޮށްފައެވެ.
ގަތަރުގެ ވުޒާރާއިން ބުނީ އާންމު ގޮތެއްގައި އުމުރުން ދުވަސްވީ މީހުންނަށްވުރެ ޒުވާން ކުދިންނަށް ކޮވިޑުގެ ނުރައްކާތެރިކަން ކުޑަ ކަމަށާއި، ނަމަވެސް “މި ރާޅުގައި ގިނަ އަދަދެއްގެ ކުޑަކުދިންނަށް ބަލި ޖެހި، ކުރީގެ ރާޅުތަކަށްވުރެ ސިއްހީ ފަރުވާ ބޭނުންވާ” ކަމަށެވެ.
ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގަތަރުން މިހާތަނަށް 300،000 އަށް ވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވާއިރު، 600 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.
ގަތަރުގެ ސިއްހީ ހިދުމަތްދޭ މައި މަރުކަޒުން ބުނާގޮތުގައި، ގަތަރުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.