ޚަބަރު

ރާއްޖޭގެ 100 އަށްވުރެ ގިނަ ދީނީ ޢިލްމްވެރިން ސޮއިކުރައްވާ ޔޯގާއާއި ގުޅޭގޮތުން ރައުޔެއް ނެރެފި


ޔޯގާއާއި ގުޅޭގޮތުން ރާއްޖޭގެ 104 އިލްމުވެރިއަކު ނެރުއްވާފައިވާ ރައުޔެއް އިލްމުވެރިންގެ ގުޅުމުން ހާމަ ކޮށްފިއެވެ. ޔޯގާގެ ޝަރުއީ ހުކުމް ބަޔާން ކުރުމުގެ ގޮތުން އިލްމްވެރިންގެ ގުޅުމުން މިއަދު ނެރެވައިވާ މި ރައުޔަށް ތާއީދުކުރާ އިލްމުވެރިންގެ ލިސްޓުގައި ރާއްޖޭގެ މަޝްހޫރު ގިނަ އިލްމެވެރިންވެސް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

މި ރަޢުޔުގައި ޔޯގާގެ ހަގީގަތްތަކާއި، ޔޯގާ އުފެދިގެން އައި ގޮތާއި، ޔޯގާ ފެތުރުމުގެ މަގުސަދުތަކާއި ޔޯގާގެ ހުކުމާމެދު އިސްލަމީ އުއްމަތުގެ އިލްމުވެރިންގެ ފަތުވާތަކުގެ މައްޗަށް ތަފްސީލީގޮތެއްގައި އަލިއަޅުއްވާފައިވެއެވެ. މީގެ އިތުރުން ގުރުއާނާއި ހަދީސްގެ އަލީގައިވެސް ޔޯގާއައި ގުޅޭގޮތުން އިލްމްބެރިން ދެކޭގޮތް މި ރައުޔުގައި ބަޔާން ކޮށްފައި ވެއެވެ.

ޔޯގާގެ ޝަރުޢީ ހުމުކް، މި ނަމުގައި އިލްމުވެރިން އާންމު ކޮށްފައިވާ މި ރައުޔު ނިންމާލަމުން ބަޔާން ކޮށްފައިވަނީ މިއީ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން 15 މެއި 2022 އިން ފެށިގެން 18 ޖުލައި 2022 އާއި ދެމެދު ޔޯގާގެ ހުކުމާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާއެއް ކަމުގައެވެ.

އަދި ބުނެފައިވަނީ ޔޯގާއަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ކަސްރަތެއްގެ ގޮތުގައި ފެތުރުމުގެ ބޭނުމަކީ އެހެން އަގީދާތަކުގެ މީސްތަކުންނަށް އޮޅުވާލައިގެން އެބައިމީހުން ލައްވައި ހިންދޫ ދީނުގެ އަޅުކަންތައް ކުރުވުން ކަމުގައެވެ. އަދި އެދީންތަކުގެ ކަންކަމަށް ލޯބި ޖައްސާ އެދީންތަކަށް ތަބާވާ ބަޔަކު ކަމުގައި މީސްތަކުން ހެދުމެވެ.

މަ ރައުޔުގައި ވާގޮތުން ކަސްރަތެއްގެ ގޮތުގައި ޔޯގާ އާންމު ކުރުމަށް ބުދު ދީނާއި ހިންދޫ ދީނުގެ އަހުުވެރިން މަސައްކަތް ކުރަނީ އެއީ ދީނީކަމެއްގެ ގޮތުގައި ދައްކައިގެން އެކަން ގެނައުމަކީ އުދަގޫ ކަމެއްކަމަށް ވާތީއެވެ.

މި ރައުޔުގައި ވާގޮތުން ޔޯގާއަކީ ބުދު ދީނާއި ހިންދޫ ދީނުގެ އަޅުކަންތަކުގެ ތެރެއިން އަޅުކަމެކެވެ. އަދި އެއީ އޭގައި ޝިރުކު ކުރުން އެކުލެވިގެންވާ ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close