ޚަބަރު

ފްލެޓް ދިންގޮތް ޑރ.މުއިއްޒުއަކަށް ކަމަކު ނުދިޔަ

ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް ދީފައިވާ ކަމުނުދާކަމަށާއި، އެގޮތަށް ފްލެޓްތައް މިސަރުކާރުން ދިނުމުން ކުށެއް ނެތް ރައްޔިތުންނަށް އަނިޔާ ލިބެނީ އަނިޔާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އެޅި “ހިޔާ” ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ކުރިން ލިބުނު ނަމަވެސް މިސަރުކާރުން ފްލެޓްތައް ލިބުނު މީހުންގެ ލިސްޓު އަލުން އެކުލަވާލިއިރު ފްލެޓް އަތުލި އާއިލާއެއްގެ ވާހަކަ ފެންނަ ގޮތަށް ފްލެޓްތަކުގެ ހައްގުވެރިންގެ ދިފާއުގައި އަޑުއުފުލާ އާއްމުންގެ އެކުވެރި ގުޅުމުން އާައްމު ކުރި ވީޑިއޯ އެއް ރީޓްވީޓްކުރައްވާފައެވެ.

އާއްމުންގެ އެކުވެރި ގުޅުމުން ފޭސްބުކާއި ޓްވިޓާގައި އާއި މީސްމީޑިއާގެ އެހެން ވަސީލަތްތަކުގައި ދަނީ ފްލެޓް ލިބުނު މީހުންގެ ލިސްޓު އަލުން އެކުލަވާލި ގޮތް އިންސާފުވެރި ނޫން ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި މުއިއްޒު ވެސް ގެންދަވަނީ ފްލެޓް ހައްގުވެ ފްލެޓް ނުލިބުނު ފަރާތްތަކުގެ ހައްގުގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވަނީ ސިޔާސީ ބޭނުމަށް ފްލެޓަށް ބޭނުން ޖެހިފައި ތިބި މީހުންނަށް ވެސް ފްލެޓް ނުދީވާ ކަމަށް ފާހަގަކުރައްވާފައެވެ.

ހިޔާ ފްލެޓްތަކުގެ ލިސްޓަށް މިސަރުކާރުން ބަދަލުތައް ގެންނަމުން ދާއިރު ފްލެޓް ހައްގު އެތައް ބައެއްގެ އަތުން ފްލެޓްތައް އަތުލަމުން ގެންދާތީ އާއްމުންގެ ޖަމިއްޔާ އިން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހިޔާ ފްލެޓްތަކުގެ ލިސްޓް އަލުން އެކުލަވާލަމުން ދާއިރު ޔާމީންގެ ސަރުކާރުން ފްލެޓްދިން “ހައްގުވެރިންގެ” އަތުން ފްލެޓްތައް އަތުލަމުންދާ މައްސަލަ ވަރަށް ބޮޑުވެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close