ޚަބަރު

ޗާގޮސްގެ މައްސަލާގައި ލަފާދިނުމަށް އިސްކޮށް ހުންނަވާނީ މުނައްވަރު

ޗާގޮސްގެ މައްސަލާގައި ލަފާދިނުނަށް އެންމެ އިސްކޮށް ހުންނަވާނީ ޑރ.މުނައްވަރު ކަމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމާ ގުޅިގެން، ދެކުނުގެ އިގްތިސާދީ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި، ކަނޑުތަކާ ބެހޭ ގާނޫނުގެ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން ލަފާ ދިނުމަށް، ކަނޑު ވިއްކާލުމާ ދެކޮޅަށް ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި ކެމްޕޭނުގައި އިސްކޮށް އުޅުއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އެކަމަށް ހަމަޖައްސައިފައިވަނީ މިއަދުއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނޑުން ގެއްލުނު ބައި ހޯދުނުގެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދަމުން އަންނައިރު، އެ ކަމަށް ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ހަބީރެއްގެ ހައިސިއްޔަތުން މުނައްވަރުގެ ގާނޫނީ ލަފާ ހޯދުމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ނިންމަވާފައިވާ ކަމުގައެވެ. އެ ކަމަށް މުނައްވަރު އެއްބަސްވެވަޑައިގެން، އެ މަސައްކަތް ފައްޓަވާފައިވާ ކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close