ޚަބަރު

ޓްރެކް ސަރަހައްދު މޫދުން ރޭ ފެނުނު ޒުވާނާ ފަރުވާއަށްފަހު ދޫކޮށްލައިފި


ހުޅުމާލެ ޓްރެކް ސަރަހައްދު މޫދުން ރޭ ފެނުނު ޒުވާނާ ފަރުވާއަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުުހުން ހާމަކޮށްފިއެވެ.
ރޭ ދަންވަރު މީސްމީޑިއާގައި ދައުރުވެފައިވާ ވީޑިއޯއިން ފެންނަނީ އެއްވެސް ޙަރަކާތެއް ނެތް މީހަކު ފުލުހުން މޫދުން ނަގާ މަންޒަރެވެ. ނަމަވެސް މޫދުން އޭނާ ނެގިއިރުވެސް ނޭވާލާކަމަށް ވީޑިއޯގައި ބައެއް މީހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ހުޅުމާލެ ޓްރެކް ސަރަހައްދު މޫދުން ރޭ ދަންވަރު ފެނުނު މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ. އަދި އެއީ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަށް ފަރުވާދިނުމަށްފަހު މިހާރު އާއިލާއާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހޮސްޕިޓަލުން ދޫކޮށްލިއިރު އޭނާގެ ހާލަތު ރަނގަޅު ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close