ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯބާންގެ މުޝީރު ހެގެޑަސް އިސްތިއުފާ ދެއްވައިފި
ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޮރްބާންގެ ގިނަ ދުވަސްތަކެއް ވަންދެން ލަފާދޭ ބޭފުޅަކު އިސްތިއުފާ ދެއްވައިފި އެވެ.
އޮރްބާންގެ އެންމެ ގިނަ ދުވަހު ހުންނެވި އެއް ލަފާދޭ ޒުސުޒްސާ ހެގޭޑޫސް އަކީ 2002 ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރު ދަންނަ ބޭފުޅެއް ކަމަށާއި އޭނާއާ އެކު ގެންގުޅުއްވާ ގުޅުންތަކަކީ އެކުވެރި ގުޅުމެއް ކަމަށް ސިފަކުރެއްވި އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސިޓީގައި )ހަންގޭރީގެ ނިއުސް އައުޓްލެޓެއް hvg.hu އިން އަންގާރަ ދުވަހު ޝާއިއުކުރި ( އޭނާ ބުނީ ފާއިތުވި އަހަރުތަކުގައި އޮރްބާންގެ “އިލިބަރަލް ޓާން” އާއި މެދު އޭނާއަށް އުނދަގޫވަމުން އަންނަ ކަމަށެވެ.
އޮރްބާން ވަނީ 2015 ވަނަ އަހަރުން ފެށިގެން ހިޖުރައާ ދެކޮޅު ބަސްތައް އޭނާގެ ސިޔާސީ ޕްލެޓްފޯމްގެ މުހިއްމު ބަޔަކަށް ހަދައި، އެފަދަ ބަސްތައް ތަކުރާރުކުރައްވާފައެވެ. ހޮނިހިރު ދުވަހު ދެއްކެވި ވާހަކަފުޅުގައި – “ނަސްލު އެއްކުރުމާ” ދެކޮޅަށް ވާހަކަ ދެއްކެވި – އޭނާގެ މިންގަނޑުތަކުން ވެސް ހައްދުފަހަނަޅާފައިވާ ވާހަކަތަކެކެވެ.
އެ ތަގުރީރުގައި އޮރްބާން ވިދާޅުވީ ޔޫރަޕުގެ މީހުންގެ މެދުގައި މިކްސް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ކަމަށާއި ނަމަވެސް ޔޫރަޕުގެ މީހުން ނޫން ޔޫރަޕް މީހުންނާ މިކްސް ކުރުމަކީ “މިކްސްޑް ރޭސް” މީހުން އުފެދޭ ކަމެއް ކަމަށެވެ.
“އަހަރެމެން އެކަކު އަނެކަކާ ގުޅިގެން އުޅެން ތައްޔާރަށް ތިބި ނަމަވެސް މިކްސްޑް ރޭސްގެ ރައްޔިތުންނަށް ވާން ބޭނުމެއްނުވޭ،” އޮރްބާން ބުންޏެވެ. އޭނާ އިތުރަށް ވިދާޅުވީ މިކަން ބަލައިގަނެވޭ ގޮތަށް ދެކެވުނު ގައުމުތަކަކީ “މިހާރުގެ ގައުމުތަކެއް ނޫން” ކަމަށެވެ.
ހެގޭޑޫސް ވިދާޅުވީ ޔަހޫދީންނާ ދެކޮޅު ކަމުގެ ތުހުމަތުތަކާ ދެކޮޅަށް ބޮޑުވަޒީރު ދިފާއު ކުރައްވާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި ނަމަވެސް އޭނާގެ އެންމެ ފަހުގެ ތަގުރީރަކީ ދިފާއު ނުކުރެވޭނެ ވާހަކައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. “މިފަދަ ފަޟީހަތްތެރި ސްޓޭންސެއްގެ ސަބަބުން އަހަރެމެންގެ ގުޅުން ކަނޑާލަން މަޖުބޫރު ވެފައިވާތީ އަހަރެން އިޚްލާސްތެރިކަމާއެކު ހިތާމަކުރަން،” ހެގޭޑޫސް ލިޔެފައިވެ އެވެ.
އޮރްބާންގެ އޮފީހުން ހެގޭޑޫސްއަށް ދިން ޖަވާބުގައި އޭނާ އިސްތިއުފާ ގަބޫލުކުރި ނަމަވެސް ހެގޭޑޫސް ތުހުމަތު ކޮށްފައިވާ ކަންކަމަށް ވަނީ އިންކާރުކޮށްފައެވެ.
“20 އަހަރު ވަންދެން އެކުގައި މަސައްކަތް ކުރުމަށްފަހު އަހަރެންގެ މައްޗަށް ނަސްލީ ތަފާތުކުރުމުގެ ތުހުމަތު ނުކުރެވޭނެ. ހަންގޭރީގައި އަޅުގަނޑުގެ ސަރުކާރުން އެންޓިސެމިޓިޒަމް އާއި ރޭސިޒަމް ވެސް ޒީރޯ ޓޮލަރެންސް ޕޮލިސީއެއް ގެންގުޅޭކަން ތިޔަބޭފުޅުންނަށް އެހެން އެންމެންނަށް ވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ،” ބޮޑުވަޒީރުގެ އޮފީހުން ނެރުނު ޖަވާބުގައި ލިޔުއްވާފައިވެ އެވެ.
ސަގާފީ ގޮތުން އަހަރަކު އެއްފަހަރު ކީނޯޓް ޚިޠާބު ދެއްވާ ރޫމިނިއާގެ ބައިލް ޓޫޝްނާޑްގައި ބޭއްވި އިވެންޓެއްގައި ދެއްވި އޮރްބާންގެ ތަގުރީރަށް ހަންގޭރީގެ އެތެރެއާއި ބޭރުގައި ވަގުތުން ފާޑުކިޔުންތައް އަމާޒުވި އެވެ.


