ޚަބަރު

ދިވެހި ދައުލަތް ފެއިލްވީ މުންކަރާތްތައް ޢާއްމުވެގެން ދިޔައިރު ފިޔަވަޅު ނޭޅުމުން: އާދަމް ޝަރީފް

ދިވެހި ދައުލަތް ފެއިލްވީ މުންކަރާތްތައް ޢާއްމުވެގެން ދިޔައިރު ފިޔަވަޅު ނޭޅުމުންކަމަށް ވިދާޅުވެ، ދިވެހި ދައުލަތް ފެއިލްވީގޮތް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެދެއްވައިފިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ފެއިލްވެފައިވާ ދައުލަތަކަށް ދިވެހި ދައުލަތްވީ، ނާޤާބިލު، ހިންގުންތެރިކަން ނެތް ވެރިންނާއި އާއިލާ މީހުން ގިނަވެ، ސަރުކާރު “ސްލޯ” ވުމާއި، ކޮރަޕްޝަނާއި ފާހިޝް އަދި މުންކަރާތްތައް ގިނަވިއިރު، ފިޔަވަޅު ނޭޅުމާއި، ޒިންމާ އާދާނުކުރާ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅު ބޭޅުމުގެ ސަބަބުންކަމަށެވެ.

އާދަމް ޝަރީފް މިފަދައިން މި ވިދާޅުވީ، ރަނގަޅު ހެޔޮލަފާ ބޭފުޅަކަށް ވިޔަސް ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅު ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ.

ފަހަކަށް އައިސް މިނިސްޓަރ އިމްރާން އަބްދުﷲ ފާހަގަ ވަނީ ޓްވިޓާގައި އެކްޓިވް، އަދި ޖެހިޖެހިގެން ބޮޑެތި މާނަފުން ޓްވީޓްތައް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

އިމްރާން ވިދާޅުވީ ރައީސަކަށް ހުންނަވާ ބޭފުޅަކީ ރަނގަޅު ހެޔޮލަފާ ބޭފުޅަކަށް ވިޔަސް ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅު ނުކުރެވޭނެ ކަމަށެވެ، ހަމަ އެއާ ވިއްދައިގެން ސަރުކާރުގައި ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅު ވިޔަސް ރައީސް ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅު ނުވާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ފަހަކަށް އައިސް ތަފާތު ޓްވީޓްތަކެއް ކުރައްވަމުން ގެންދަވާ މިނިސްޓަރ ޢިމްރާންގެ ޓްވީޓްތައް ބޮޑަށް ފާހަގަކުރެވެނީ އަމިއްލަފުޅު ޕާޓީއާއި އަމިއްލަފުޅު ހައިސިއްޔަތާއި މަގާމު ދިފާޢުކުރެއްވުމުގެ ވާހަކަތަކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close