ބޭރުދުނިޔެ

ސްރީ ލަންކާގެ ރިޔާސީ ގަނޑުވަރު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފި


ސްރީ ލަންކާގެ ގޯލް ފޭސްގައި ޖަގަހަ ޖަހައިގެން، މެދު ނުކެނޑި ކުރަމުންދާ މުޒާހިރާތައް ރޫޅާލުމަށްފަހު، މިޒާހިރާގެ އިސްކޮށް ހަރަކާތްތެރިވަމުންދާ އިސްވެރީން ހައްޔަރުކޮށް، އޭގެ އިތުރުން ސްރީ ލަންކާގެ ރިޔާސީ ގަނޑުވަރު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފިއެވެ.

މެދު ނުކެނޑި އެތައް ދުވަހެއް ވަންދެން ކުރިޔަށްދާ މުޒާހިރާތައް ހުއްޓުވުމަށް ސްރީ ލަންކާގެ އަސްކަރިއްޔާ މިހާރު ހަރަކާތްތެރިވާން ފަށާފައިވާއިރު، ސިފައިން މިހާރުވަނީ، “ގޮޓާގޯހޯމް” މި ޝިއާރުގެ ދަށުން މުޒާހިރާ ކުރަމުންދާ ފަރާތްތަކުން ޖަހާފައިވާ ޓެންޓުތައްވެސް ނަގާ، މި ސަައިޓު އެކީ ރޫޅާލަންފަށާފައެވެ.

އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސްރީ ލަންކާގެ ފުލުހުންވަނީ ދަނަވަރުގެ ވަގުތުގައި އަސްކަރިއްޔާގެ އެހީތެރިކަމާއެެކު، މުޒާހިރާ ކުރާ ފަރާރްތަކުން ޖަގަހަޖަހައިގެން ތިބި ސަރަހައްދަށް ވަދެގަނެ، މި ސަރަހައްދުގައި ޖަހާފަިވާ ޓެންޓުތައް ރޫޅާލާ، މިތަނުގައި ތިބި އިސްފަރާތްތައް ހައްޔަރު ކޮށްފައި ކަމުގައެވެ.

ގޯލް ފޭސްގައި ހުރި މުޒާހިރާގެ ކޭމްޕް ފުލުހުން ރޫޅާލާފައި މިވަނީ، ބޮޑުވަޒީރުގެ ގެކޮޅު ކަމުގައިވާ ޓެމްޕްލް ޓްރީ ސަރަހައްދުގައި ޖަހާފައި ހުރި ކޭމްޕތައް ދޫކޮށް މުޒާހިރާ ކުރާ ފަރާތްތަކުން ދިޔަތާ މަދު ގަޑިއިރު ތަކެއްގެ ތެރޭގައެވެ.

މުޒާހިރާކުރާ ފަރާތްތަކުން މީގެ ކުރިންވަނީ، ޕްރެޒިޑެންޝަލް ސެކްރެޓޭރިއޭޓް ހިމެނޭ ސަރަހައްދުގައި ޖަފާފައި ހުރި ކޭމްޕްތައް ޖުލައި 22 ވަނަ ދުވަހު ދޫކޮށް ދާނެކަމަށް ހާމަ ކޮށްފައެވެ.

ރިޔާސީ ގަނޑުވަރު ކައިރީ ޖަގަހަ ޖަހައިގެން ތިބި ސަރަހައްދު ރޫޅާލުމަށް އަސްކަރިއްޔާގެ އެހީތެރިކަމާއެކު ފުލުހުން ހިންގި އޮޕަރޭޝަންގައި މި ސަރަހައްދުގައި ކޭމްޕް ޖަހައިގެން ތިބި ބައެއް ފަރާތްތަކަށް އަނިޔާވެފައިވާ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ސްރީ ލަންކާގެ ސަލާމަތީ ބާރުތަކުން، މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކުގެ ކޭމްޕްތައް ރޫޅާލަން ފަށާފައި މިވަނީ، ސްރީ ލަންކާގެ ކުރީގެ ރައީސް އިސްތިއުފާ ދެއްވާ، އާ ރައީސް ރަނިލް ވިކްރަމެސިންގެ ހުވާ ކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close