ބޭރުދުނިޔެ

ހޫތީން އަބޫދާބީއަށް ދިން ހަމަލާގައި މިސައިލް ބޭނުންކޮށްފައި ވާކަމަށް ތުހުމަތު ކޮށްފި

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން މިދިޔަ ހޯމަ ދުވަހު އަބޫދާބީއަށް ދިން ހަމަލާގައި ތިން މީހަކު މަރުވެފައިވާއިރު، ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ވަނީ ކްރޫޒް އަދި ބެލިސްޓިކް މިސައިލްގެ އިތުރުން ޑްރޯން ވެސް ބޭނުންކޮށްފައި ކަމަށް ޔޫއޭއީއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބުދަ ދުވަހު ވިދާޅުވި އެވެ.

“ހަމަލާދިނީ ކްރޫޒް މިސައިލްތަކާއި ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ބޭނުކޮށްގެން ޔޫއޭއީގެ މަދަނީ ސައިޓްތަކަށް އަމާޒުކޮށް. އެތައް ބަޔަކަށް ވަނީ ހަމަލާތަކުގެ ގެއްލުން ވެފައި، އަދި ކުށެއް ނެތް ތިން އާންމުންގެ ފުރާނަ ވަނީ ގެއްލިފައި،” ޔަހޫދީ އިންސްޓިޓިއުޓް ފޯ ނެޝަނަލް ސެކިއުރިޓީ އޮފް އެމެރިކާ އިން އިސްނަގައިގެން ބޭއްވި ޕެނަލްއެއްގައި އެމްބެސެޑަރު ޔޫސުފް އަލް އޮތައިބާ ވިދާޅުވި އެވެ.

މިއީ، ހޫތީން އަބޫދާބީއަށް ހޯމަ ދުވަހު ދިން ހަމަލާގައި ހޫތީން މިސައިލް ބޭނުންކުރިކަމަށް ޔޫއޭއީގެ އޮފިޝަލުން އިއުތިރާފުވި ފުރަތަމަ ހާދިސާއެވެ.

މި ތިން ހާދިސާގައި އިތުރު ހަ މީހަކު ވަނީ ޒަހަމްވެފަ އެވެ.

ޔަމަނުގެ ހޫތީ މިލިޝިއާ އިން މި ހަމަލާގެ ޒިންމާ ނަގާފައި ވަނީ “ޔޫއޭއީގެ އެތެރޭގައި” އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ބުނެ ކަމަށާއި އެ ޖަމާއަތުގެ ތަރުޖަމާނު ވިދާޅުވީ ޔޫއޭއީގެ “ސެންސިޓިވް ސައިޓްތަކަށް” ބޮން އަޅާ ފަސް ބެލިސްޓިކް މިސައިލާއި “ގިނަ އަދަދެއްގެ” ބޮން އަޅާ ޑްރޯންތައް ހަލާކު ކޮށްލާފައިވާ ކަމަށެވެ.

އޮތައިބާ ވިދާޅުވީ ހޫތީންނަކީ “ހަނގުރާމައިގާ ނޫޅޭ” ގައުމެއްގައި އާންމުންނަށް ހަމަލާދޭ “ޓެރަރިސްޓް ޖަމާއަތެއް” ކަމަށެވެ.

“އަޅުގަނޑުމެން ނަކީ ޒަމާނުއްސުރެ ޔަމަނު ހަނގުރާމައިން ވަކިވެފައިވާ ބައެއް. އަދިވެސް އަޅުގަނޑުމެން މިތިބީ ޓާގެޓެއްގެ ގޮތުގައި. އަދި ޓްރާންސްޕޭރެންސީގެ ބޭނުމުގައި އަޅުގަނޑުމެން [އެމެރިކާ] ސަރުކާރުގައި އަދި ކޮންގްރެސްގައި ތިބި ރަހުމަތްތެރިންގެ ކިބައިން މި އެދެނީ ހޫތީންޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އަލުން ކަނޑައެޅުމަށް،” އޭނާ އިތުރަށް ވިދާޅުވި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ތައާރަފު ކުރެއްވި ހޫތީންގެ ޓެރަރިސްޓް ދަރަޖަ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ ބާތިލުކޮށްފަ އެވެ.

ބައިޑަން ވަނީ 2015 ވަނަ އަހަރު ޔަމަނުގައި ނުފޫޒު ފޯރުވި ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދާފައިވާ އަރަބި ކޯލިޝަންގެ ހަމަލާބަދަލުކުރުންތަކަށް އެމެރިކާއިން ކުރާ ތާއީދު ނިމުމަކަށް ގެނައުމަށްވެސް އިޢްލާން ކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close