ޚަބަރު

ސްރީލަންކާގެ މުޒާހަރާގެ ބައިވެރިން، ހުރިހާ ޕާޓީއެއްގެ ސަރުކާރަށް ދެކޮޅު ހަދައިފި

ސްރީލަންކާގެ ކުރިއަށް ގެންދާ މުޒާހަރާގެ ބައިވެރިން ހުރިހާ ޕާޓީއެއްގެ ސަރުކާރަކަށް ދެކޮޅު ހަދައިފިއެވެ.

ސިޔާސީ ފަރާތްތަކުން މަޝްވަރާ ކުރަމުންދާ ހުރިހާ ޕާޓީއެއްގެ ސަރުކާރަކަށް ނޫނެކޭ ބުނެ މުޒާހަރާގެ ބައިވެރިން ބުނަނީ އެއީ ‘ރާޖަޕަކްސާ ކާޓޭލް’ ވެރިކަމުގައި ދެމިއޮތުމަށް ލިބޭނެ ގޮތެއް ކަމަށެވެ.

ލަންކާއަށް ދުވަހަކުވެސް ކުރިމަތި ނުވާފަދަ އިގްތިސާދީ ދަތިކަމާ ގުޅިގެން ބޮޑުވަމުން އަންނަ ރުޅިވެރިކަމުގައި އެތައް ލައްކަ ރައްޔިތުން ދަނީ ރައީސްގެ ގެއާއި ރިޔާސީ ސެކްރެޓޭރިއަޓާއި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ހިފާފައެވެ.

ހޮނިހިރު ދުވަހު ހަލަބޮލިކަން ފެށުނީ 1948 ވަނަ އަހަރަށް ފަހު އެގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ދަތިކަމަށް މުޒާހަރާކުރާ މީހުން ތުހުމަތުކުރާ ބާރުގަދަ ރާޖަޕަކްސާ ދަރިކޮޅުގެ އުމުރުން 73 އަހަރުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ ރަސްމީ ގެކޮޅަށް ރުޅިއައިސްގެން ލަންކާގެ ރައްޔިތުން ވަދެގަތުމުންނެވެ.

ރާޖަޕަކްސަ ރަސްމީކޮށް އިސްތިއުފާ ދެއްވާނެ ކަމަށް ބެލެވެނީ އަންނަ ބުދަ ދުވަހު އެވެ. ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރަމުންދާ ހުރިހާ ޕާޓީއެއްގެ ވަގުތީ ސަރުކާރެއް އެކުލަވާލުމާއެކު މަގާމުން ވަކިވުމަށް ހުށަހަޅުއްވާފަ އެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ހުރިހާ ޕާޓީއެއްގެ ސަރުކާރަކަށް ދެކޮޅު ހަދައި، ރައީސާއި ބޮޑުވަޒީރު ރަސްމީކޮށް އިސްތިއުފާ ދެއްވަންދެން ސަރުކާރުގެ އިމާރާތްތައް ހުސް ނުކުރާނެ ކަމަށް ބުނެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close