ޚަބަރު

މާލޭ ސްކޫލްތައް ރަހުނުކޮށް ހަރުމުދާ ވިއްކާ ހިސާބަށް ދިޔައީ ވެރިންގެ އިހްލާސްތެރިކަމެއް ނެތުމުން: އާދަމް ޝަރީފް

މާލޭ ސްކޫލްތައް ރަހުނުކޮށް ހަރުމުދާ ވިއްކާ ހިސާބަށް ދިޔައީ ވެރިންގެ އިހްލާސްތެރިކަމެއް ނެތުމުން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އިޤުތިޞާދީ ހާލަތާއި މެދު ކަންބޮޑުވެ ވަޑައިގެން ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ މާލޭ ސްކޫލްތައް ރަހުނުކޮށް ހަރުމުދާ ވިއްކާ ހިސާބަށް ދިޔައިރުވެސް ސަރުކާރުގެ ސިޔާސަތުތައް ބަދަލުނުކޮށް ތިބީ ކޯލިޝަންގެ ވެރިންގެ އިހްލާސްތެރިކަމެއް ނެތުމުން ކަމަށެވެ. “ގައުމުގެ ހާލުގެ ދުލުން ގޮވަނީ މިވަތަން ސަލާމަތް ކުރާނެ ވެރިކަމެއް ގާއިމު ކުރުމަށް. އެދުވަސް އަވަސް ކުރައްވާށި. އާމީން.” އާދަމް ޝަރީފް ވިދާޅުވިއެވެ.

މާލޭ ސްކޫލްތައް ރަހުނުކޮށް ހަރުމުދާ ވިއްކާ ހިސާބަށް ގޮސްފައިވާކަން އާދަމް ޝަރީފް ފާހަގަ ކުރެއްވީ އެއީ އައިސީޑީ މެދުވެރިކޮށް ވިއްކި ޖުމްލަ 300 މިލިއަން ޑޮލަރުގެ ސުކޫކަށް، އިސްލާމިކް ފައިނޭންސްގެ ހަމަތަކުގެ މަތިން 100 ޕަސަންޓް ސަރުކާރު ހިއްސާވާ ސެޕްޝަލް ޕާފޮސް ވެސެލް (އެސްޕީވީ) އެއް ހަދައި، ވިއްކަން ގަސްދުކުރާ ސުކޫކުގެ 51 ޕަސަންޓަށް ވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނިފިޝަލް އޯނާޝިޕް މި އެސްޕީވީ އަށް ބަދަލުކުރި ކުރުމަށެވެ.

ސަތޭކަ ޕަސަންޓް ސަރުކާރު ހިއްސާވާ އެސްޕީވީއެއްގެ ދަށުން އެސެޓް ޕޫލެއް ވަނީ އުފައްދާފައެވެ. އެޕޫލްގައި ދަރުމަވަންތަ ހޮސްޕިޓަލާއި، ވެލާނާގެ އާއި އޮލިމްޕަސްގެ އިތުރުން މާލޭގެ ގިނަ ސްކޫލްތަކެއް ވެސް ވަނީ ހިމަނާފައެވެ.

މިފަދަ މުއާމަލާތެއްގެ ދަށުން ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކައިފިނަމަ އެމުދަލެއް ނުވަތަ އިމާރާތެއް ދަރަނި ދޫކުރި ފަރާތަކަށް ދޭން ޖެހޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ސަރުކާރުން ވިދާޅުވާ ގޮތުގައި ދަރަނި ނުދެއްކޭ ހާލަތެއްގައި ވެސް މިއުސޫލުގެ ދަށުން މުދަލެއް، ނުވަތަ އިމާރާތެއް ދަރަނި ދޫކުރި ފަރާތައް ދޭކަށް ނުޖެހޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close