ބޭރުދުނިޔެ

ދުނިޔޭގެ ތަކެތީގެ އަގު ބޮޑުވުމުން ރައްޔިތުންނަށް އެހީވުމަށް 5.32 ބިލިއަން ޑޮލަރު ދިނުމަށް ރަސްގެފާނު ސަލްމާން ރުހުން ދެއްވައިފި

ދުނިޔޭގެ ތަކެތީގެ އަގު ބޮޑުވުމުން ގެއްލުން ލިބިފައިވާ ރައްޔިތުންނަށް އެހީވުމަށް 5.32 ބިލިއަން ޑޮލަރު ދިނުމަށް ރަސްގެފާނު ސަލްމާން ރުހުން ދެއްވައިފިއެވެ.

ދުނިޔޭގެ އަގުތައް މައްޗަށް ދިއުމުގެ އަސަރުތައް ކުޑަކުރުމަށް ރައްޔިތުންނަށް އެހީތެރިވުމަށް 20 ބިލިއަން ރިޔާލު (5.32 ބިލިއަން ޑޮލަރު) ދޫކުރުމަށް ފާސްކޮށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ޝާހީ އަމުރެއް ނެރެފި އެވެ.

އަދި ދޫކުރާ ފައިސާގެ ދެބައިކުޅަ އެއްބައި ދާނީ ސޯޝަލް އިންޝުއަރެންސްގެ ފައިދާ ލިބޭ ފަރާތްތަކަށާއި ސިޓީޒަން އެކައުންޓް ޕްރޮގްރާމަށެވެ.

މީގެ ކުރިން ކައުންސިލް އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވަމުން ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ބައެއް އަސާސީ ބޭނުންތަކަށް ޚަރަދު ބޮޑުވުމާ ގުޅިގެން ޤައުމުގެ އެންމެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ސަމާލުކަން ދޭން ޖެހޭކަން ފާހަގަކުރައްވާފަ އެވެ.

ބައިނަލްއަޤްވާމީ ކަންކަން މޮނިޓަރ ކުރުމުގައި މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކުން އަދާކުރާ މުހިއްމު ދައުރަށް އަލިއަޅުވާލެއްވި ކަމަށް ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.

އެއީ ކާބޯތަކެތީގެ ސަޕްލައި ޗޭންތަކާއި، މާކެޓްތައް މޮނިޓަރކުރުމާއި، އުފެއްދުންތައް ލިބޭ މިންވަރާއި އަގުގެ ފެންވަރު މޮނިޓަރކުރުމާއި، އިންސާފުވެރި ވާދަވެރިކަން ހިމާޔަތްކުރުމާއި ހިތްވަރުދިނުމާއި، ޝަރުއީ ވާދަވެރިކަމަށް ނުވަތަ ކޮންސިއުމަރުންގެ މަސްލަހަތަށް އަސަރުކުރާ މޮނޮޕޮލިސްޓިކް އުސޫލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ހުއްޓުވުމެވެ.

ޖިއްދާގައި ބޭއްވި މި ބައްދަލުވުމުގައި ކައުންސިލުން ވަނީ އިގްތިސާދީ އަދި ތަރައްގީގެ ބައެއް މައްސަލަތައް މުރާޖައާކޮށްފަ އެވެ. ކޮމާސް، އެންވަޔަރަންމަންޓް، ފެނާއި ދަނޑުވެރިކަމާއި އިޤްތިޞާދާއި ޕްލޭނިންގ މިނިސްޓްރީތައް ގުޅިގެން ސައޫދީގެ އެކި އުފެއްދުންތަކުގެ އަގުހުރި މިންވަރާ ބެހޭގޮތުން ޕްރެޒެންޓޭޝަނެއް ދީފައިވެއެވެ.

އަދި ކޮރޯނާ ވައިރަސް ބައްޔާއި ގުޅިގެން ހިނގަމުންދާ ކަންކަމާ ބެހޭ މައުލޫމާތު ވެސް ހެލްތު މިނިސްޓްރީން ވަނީ ދީފަ އެވެ. އެ މިނިސްޓްރީގެ ޕްރެޒެންޓޭޝަންގައި ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލަން ނިންމުމާ ގުޅިގެން އަޕްޑޭޓް ކުރުމާއި ވެކްސިން ދިނުމާ ގުޅޭ އަޕްޑޭޓްތައް ހިމަނާފައިވެ އެވެ. އަދި މިއަހަރުގެ ހައްޖުގެ ތައްޔާރީތަކާއި ބައިނަލްއަގްވާމީ ގޮތުން ބަލިމަޑުކަމުގެ ހާލަތު އޮތް ގޮތާ ބެހޭ މައުލޫމާތު ވެސް ކައުންސިލަށް ވަނީ ދީފަ އެވެ.

އަދި އިގްތިސާދީ ހަރަކާތްތަކާއި ކޮވިޑް-19ގެ އަސަރުތައް ތަހުލީލުކޮށްފައިވާ ގޮތަށް މިނިސްޓްރީ އޮފް އިކޮނޮމީ އެންޑް ޕްލޭނިން އިން ހުށަހެޅި ޕީރިއަޑިކް ޕްރެޒެންޓޭޝަން ވެސް ޓޮޕް ބޮޑީން ވަނީ ފޮލޯއަޕްކޮށްފަ އެވެ.

އަދި މިކަންކަމާ ގުޅޭގޮތުން ކައުންސިލުން ބޭނުންވާ ލަފާތައް ނަގާފައިވާކަމަށް އެސްޕީއޭއިން ބުނެއެވެ.

ދުނިޔޭގެ ކާބޯތަކެއްޗާއި ތަކެތީގެ އަގުތައް ބޮޑުވުމުން ދުނިޔޭގެ އިގްތިސާދުތަކަށް ގެއްލުންވަމުންދާ ދަނޑިވަޅެއްގައި ސައުދީ އަރަބިއްޔާއަށް އިންފްލޭޝަން ދަށްވާނެ ކަމަށް ބެލެވޭ ކަމަށް އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓުން ދާދި ފަހުން ލަފާކުރި އެވެ.

ސައުދީ އަރަބިއްޔާގެ ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓް ޖީ20 ގެ އެހެން ގައުމުތަކުގެ އިގްތިސާދަށް ވުރެ ދެގުނައަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޯއީސީޑީން ވަނީ ބުނެފަ އެވެ.

 ސައުދީގެ އިގްތިސާދު 2022 ވަނަ އަހަރު 7.8 ޕަސެންޓް ކުރިއަރާނެ ކަމަށާއި ޖީ20ގެ އިގްތިސާދު 2.9 ޕަސެންޓް ކުރިއަރާނެ ކަމަށް އޯއީސީޑީގެ އިގްތިސާދީ ނަޒަރިއްޔާތުގައި ރިޕޯޓްކޮށްފައިވެ އެވެ.

އަދި 2023 ވަނަ އަހަރު ސައުދީގެ ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓްގެ ކުރިއެރުން 9.0 ޕަސެންޓަށް އިސްލާހުކޮށްފައިވާއިރު، ޖީ20ގެ އެވްރެޖް ކުރިއެރުން ތިންގުނަ އިތުރުކޮށްފައިވާއިރު، ރަސްކަމުގެ އިންފްލޭޝަން ރޭޓް ޖީ20ގެ އެވްރެޖް 6.3 ޕަސެންޓަށް ވުރެ ދަށުގައި އޮންނާނެ އެވެ.

ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން ޖީޑީޕީގެ ޕޮޒިޓިވް ކުރިއެރުން ފެންނަ މަދު ކޭސްތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، އާޖެންޓީނާ، އަދި ތުރުކީ ހިމެނެ އެވެ.

ސައުދީގެ އިންފްލޭޝަން

ސައުދީ އަރަބިއްޔާގެ އަހަރީ ކޮންސިއުމަރ އިންފްލޭޝަން މެއި މަހު 2.2 ޕަސެންޓަށް ދަށްވެފައިވާއިރު، އޭޕްރީލް މަހު 2.3 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އިންފްލޭޝަން ދަށްވުމުގެ މައިގަނޑު ސަބަބަކީ އެކިއެކި މުދަލާއި ދަތުރުފަތުރުގެ އިތުރުން ހެދުމާއި ފަޓުލޫނުގެ އަގުތައް ކުރިއަރާ މިންވަރު ދަށްވުމުން ކަމަށް އަރަބް ނިއުސް އިން އެކުލަވާލި ޑޭޓާއިން ހާމަވެ އެވެ.

މެއި މަހު ސީޕީއައިގެ އިންފްލޭޝަންގެ މައިގަނޑު ބައިތަކަކީ ކާބޯތަކެއްޗާއި ބުއިން (+4.2 ޕަސެންޓް) އާއި ދަތުރުފަތުރު (+4 ޕަސެންޓް) ކަމަށް ގަސްޓާޓުން ބުނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close