ކުޅިވަރު

ލުކާކޫ އެނބުރި އިންޓަމިލާނާ ގުޅިއްޖެ

 ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ އާއި ޔުވެންޓަސް އަށް ކުޅެމުން އައި ޕައޮލޯ ޑިބާލާ، އިޓަލީގެ އިންޓަ މިލާނަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ނިމިގެން ދިޔަ އަހަރުގެ ސީޒަނުގައި އިންޓަ މިލާނުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު ލުކާކޫ ޗެލްސީއަށް ބަދަލުވީ 98 މިލިއަން ޕައުންޑުގެ ފީ އަކަށެވެ. މިއީ އެ ކްލަބްގެ ތާރީހުގައި އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. ލުކާކޫ އަކީ މީގެ އަހަރުތަކެއް ކުރިން ވެސް ޗެލްސީއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ނިމިގެން ދިޔަ އަހަރު ޗެލްސީއަށް ބަދަލުވުމަށް ޗެލްސީގެ ޖޯޒީގައި ލުކާާކޫ ކުޅުނު ފުރަތަމަ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެން ކަމުން ފަހަކަށް އައިސް ޗެލްސީން ކުޅުނު ގިނަ މެޗުތަކުގެ ފުރަތަމަ އެގާރައިން ލުކާކޫއަށް ފުރުސަތު ދީފައެއް ނުވެއެވެ.

އެހެން ކަމުުން މިކަމާއި ހިންހަމަ ނުޖެހިގެން ލުކާކޫ ވަނީ އޭނާ ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ޗެލްސީ ދޫކޮށް އިންޓަ އަށް ދާން ބޭނުންވާ ކަމަށް ބުނެފައެވެ. މި މައްސަލަ ހޫނުވެ ޗެލްސީގެ މެނޭޖުމަންޓާއި އެ ކުލަބުގެ ސަޕޯޓަރުންގެ ނުރުހުން ލުކާކޫއަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. މިކަމާއި ގުޅިގެން އޭނާ އިންޓަވިއުގައި ދެއްކި ވާހަކަތަކުގެ ސަބަބުން ކުލަބުގެ ކިބައިން މައާފަށް ވެސް އެދެން ޖެހުނެވެ.

ނިމިގެން ދިޔަ އަހަރު ލުކާކޫ އިންޓަމިލާނަށް ކުޅެފައިވާއިރު، އޭނާ ވަނީ އެކުލަބާއި އެކު އިޓާލިއަން ލީގުވެސް ކާމިޔާބު ކޮށްފައެވެ. އަދި އެ ސީޒަނުގައި އިންޓައަށް ކުޅެދިން 95 މެޗުން ލުކާކޫ ވަނީ 64 ގޯލު ވެސް ޖަހައިފަ އެވެ.

ޗެލްސީއަށް ބަދަލުވެ ލުކާކޫ ނިމި ދިޔަ ސީޒަނުގައި އެޓީމަށް 44 މެޗު ކުޅެދީފައި ވާއިރު، ކާމިޔާބު ކުރެވުނީ އެންމެ 15 ގޯލެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close