ޚަބަރު

ހަރުކަށި ފިކުރު ނައްތާލަން ކަމަށްބުނެ ހުޅަނގުން އުޅެނީ ޒުވާނުން ދީނާ ދުރުކުރަން: ޑރ.ޝަހީމް

ހަރުކަށި ފިކުރު ނައްތާލަން ކަމަށް ބުނެ ހުޅަނގުގެ ބައެެއް ޖަމާއަތްތަކުން ފަންޑްކުރަނީ މުސްލިމު ޒުވާނުން ދީނާ ދުރުކުރަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑޜ.ޝަހީމް މިހެން ވިދާޅުވީ ހުޅުނގުގެ ބައެއް ޤައުމުތަކުގެ އިސްލާމީ ޤައުމުތަކުގައި ހަރުކަށި ފިކުރު ނައްތާލަންކަމަށް ބުނެ ހިންގަމުންދާ ތަފާތު ޕްރޮގުރާމުތަކަށް އިޝާރާތް ކުރައްވައެވެ.

ހަރުކަށި ފިކުރު ނައްތާލަން ކަމަށް ބުނެ ހުޅަނގުގެ ބައެއް ޖަމާޢަތްތަކުން ފަންޑުކުރަނީ މުސްލިމު ޒުވާނުން ދީނާ ދުރުކުރަން. އިސްލާމީ މުޖުތަމަޢުގައި ހަރުކަށި ފިކުރު ނައްތާލަން ހުޅަނގުގެ ނަޒަރިއްޔާތަކެއް ބޭނުމެއްނޫން. ހަރުކަށި ފިކުރު ނައްތާލުމުގައި ތަބާވާންވީ އިސްލާމީ މަންހަޖަށް.

ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް އިތުރަށް އިވިދާޅުވީ އިސްލާމީ މުޖުތަމައުގައި ހަރުކަށި ފިކުރު ނައްތާލުމަށްޓަކައި، ހުޅަނގުގެ ޤައުމުތަކުގެ ނަޒަރިއްޔާތަށް ބޭނުން ނުވާކަމަށެވެ. ހަރުކަށި ފިކުރު ނައްތާލުމުގައި އިސްލަމީ މަންހަޖުގެ ތެރެއިން ކަންކަން ހައްލު ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ދިމާވި އެންމެ ބޮޑެތި އެފަދަ މައްސަލަތައް ހައްލުކުރީ އިސްލާމީ މަންހަޖުގެ ތެރެއިން ކަމަށެވެ. އޭގެ ތެރޭގައި ހިމަންދު އާއި މާލޭގައި ވަކިން ޖަމާޢަތް ހަދައިގެން އެތައް އަހަރެއް ވަންދެން ދިޔަކަންކަން ނިމުމަކަށް ގެނެވުނު ކަމަށް ޝަހީމް ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close