ބޭރުދުނިޔެ

އަތޫލުގަމުން ގެއްލުނު އަންހެން ކުއްޖާގެ ހަށިގަނޑު ފެނިއްޖެ

ސްރީލަންކާގެ އަތޫލުގަމުން ގެއްލުނު އަންހެން ކުއްޖެއްގެ ހަށިގަނޑު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ބަންޑާރަގަމާގެ އަތުލުގަމާއިން ރޭ ގެއްލުނު ކަމަށް ރިޕޯޓްކުރި 9 އަހަރުގެ އަންހެން ކުއްޖާގެ ހަށިގަނޑު އޭނާގެ ގެ ކައިރީގައި ހުރި ފަޅު ބިމަކުން ފެނިއްޖެކަމަށް ލަންކާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިއްޔެ ހެނދުނު 10.00 އިން ފެށިގެން އަންހެން ކުއްޖާ ގެއްލުނު ކަމުގެ ޝަކުވާއެއް ހުށަހެޅުމާ ގުޅިގެން އެ އަންހެން ކުއްޖާ ހޯދުމަށް ފުލުހުންގެ ބައެއް ޓީމުތައް ހަރަކާތްތެރިވި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ އަންހެން ކުއްޖާ ކާބޯތަކެތީގެ ބައެއް ތަކެތި ގަންނަން ކައިރީގައި ހުރި ފިހާރައަކަށް ގޮސް އެނބުރި ގެއަށް އައިސްފައި ނުވާތީ އެވެ.

ބަންޑާރަގަމާ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް އެމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close