ބޭރުދުނިޔެ

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ހޮސްޕިޓަލުން ދޫކޮށްލައިފި: ރޯޔަލް ކޯޓް

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މެޑިކަލް އެގްޒެމިނޭޝަންތައް ހައްދަވައި ކޮލޮނޮސްކޯޕީގެ ފަރުވާގެ ޕްލޭނާއި ރިކަވަރީ ޕީރިއަޑް ކާމިޔާބުކަމާއެކު ފުރިހަމަ ކުރެއްވުމަށް ފަހު މިދިޔަ އާދީއްތަ ދުވަހު ހޮސްޕިޓަލުން ނިކުމެ ވަޑައިގެންފި ކަމަށް ޝާހީ ކޯޓުން ބުނެފި އެވެ.

ޖިއްދާގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި މިދިޔަ އާދީއްތަ ދުވަހު ކިންގް ސަލްމާން ކޮލޮނޮސްކޯޕީ ޕްރޮސީޖަރއެއް ހަދާފައި ވާއިރު، ޝާހީ ކޯޓުން ބުނީ ނަތީޖާ ރަނގަޅު ކަމަށެވެ.

ޑޮކްޓަރުން ނިންމާފައި އޮތީ ދުވަސްކޮޅަކަށް އަރާމު ކުރުމަށް ރަސްގެފާނު ހޮސްޕިޓަލުގައި މަޑުކުރެއްވުމަށެވެ.

އުމުރުން 86 އަހަރުގެ ކިންގް ސަލްމާންގެ ގޭލްބްލެޑަރ ނަގަން 2020 ވަނަ އަހަރު އޮޕަރޭޝަނެއް ކޮށްފައިވާއިރު ޑޮކްޓަރުން ވަނީ މާޗް މަހު ރަސްގެފާނުގެ ހިތްޕުޅުގެ ޕޭސްމޭކަރުގެ ބެޓެރީ ބަދަލުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close