ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެއްޖެ
ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެއްޖެ ކަމަށް މެޓްއޮފީހުން ބުނެފިއެވެ.
މޫސުން ގޯސްވުމާއި ގުޅިގެން މެޓްއޮފީހުން ވަނީ، ހުދު ސަމާލު ނެރެފައެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީ ސަރވިސް (މެޓް އޮފީސް)އިން ހުދު ސަމާލު ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ ހުދު ސަމާލު ނެރެފައި ވަނީ މިއަދު 10:15އިން ފެށިގެން 16:00އާ ހަމަޔަށް ކަމަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
