ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދުސަމާލު ނެރެފި
ވައިބާރުވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދުސަމާލު ނެރެފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަޙައްދުތަކަށް ހުދުސަމާލު ނެރެފައިވަނީ މިއަދު ހެނދުނުއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ އަންގާރަ ދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް ހއ.އަތޮޅުން ފެށިގެން ފ.އަތޮޅަށް އަދި ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދުސަމާލު ނެރެފައިވާ ކަމަށެވެ.
މޫސުމާބެހޭ ޤައުމީއިދާރާ މެޓް އޮފީހުން ބުނީ ކަނޑުތައް ގަދަވެ ވައިބާރުވާނެކަމަށެވެ. އެގޮތުން 19-24 މޭލަށް ވައިގަދަވާނެކަމަށް މެޓްއޮފީހުން ލަފާކުރެއެވެ.
ރާއްޖޭގެ އެކިކޮންކޮޅުތަކަށް ކުރަމުންދާ ވިއްސާރާއަކީ ހުޅަނގު މޫސުމުގެ ޢާއްމު ވިއްސާރަކަމަށް މެޓްއޮފީހުން ބުނެއެވެ. ނަމަވެސް މިވިއްސާރައިގައި ބައެއް ރަށްރަށް އުދައަރައި ބޮޑެތި ގެއްލުންތައް ވެފައިވެއެވެ.

