ޚަބަރު

ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލަކަށް މަތީނު އިންތިޚާބުކޮށްފި

ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލްގެ މަޤާމް ހުސްވެފައިވާތީ އެމަޤާމަށް ބޭފުޅަކު ރޭ އިންތިޚާބުކޮށްފިއެވެ.

‎ޕީޕީއެމްއިން ރޭ ބޭއްވި އެޕޓީގެ ކުއްލި ކައުންސިލް ބައްދަލުވުމުގައި ސެކްޓަރީ ޖެނެރަލްގެ މަޤާމަށް އިންތިޚާބުކުރީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޢަބްދުލް މަތީންއެވެ.

ރޭ ޕީޕީއެމްއިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި މަތީން އެ މަޤާމަށް އިންތިޚާބު ކޮށްފައިވާއިރު އޭނާ ވަނީ ޕީޕީއެމްއާއި އަލުން ގުޅިވަޑައިގެންފައެވެ. މަތީނަކީ ކުރިން ޖުމްހޫރީ ޕާޓީގައި އުޅުއްވި ބޭފުޅެކެވެ.

ޕީޕީއެމްގެ ސެކްރަޓަރީ ޖެނެރަލްގެ މަޤާމު ހުސްވެފައި މިވަނީ އެޕާޓީގެ ސެކްރަޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި މުޙައްމަދު ހުސައިން ޝަރީފް ޕީޕީއެމްއިން ވަކިވެވަޑައިގެން އަލަށް އުފައްދާ ޕީއެންސީއާ ގުޅިވަޑައިގަތުމުންނެވެ. މުޙައްމަދު ހުސައިން ޝަރީފްގެ އިތުރުން ޕީޕީއެމްގެ ލީޑަރޝިޕުގައި ކުރިން ތިއްބެވި ގިނަ ބޭފުޅުންތަކެއް ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި މުހިއްމު ކަންތައްތަކެއް ނިންމަންޖެހޭ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެފައިވީ ނަމަވެސް ކައުންސިލްގައި ދެން ނިންމެވި ކަންތައްތަކެއް ސާފެއް ނުވެއެވެ.

ޕީޕީއެމް ދޫކޮށް ޕީޕަލްސް ނެޝެނަލް ކޮންގްރެސް، ޕީއެންސީގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވާފައިވާ ކަމަށް ކުރީގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެ ޕާޓީ އުފެއްދުމުގެ ޖަލްސާގެ ހުއްދަ އަށް އެދި 4،000 މެމްބަރުންގެ ފޯމު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close