ބޭރުދުނިޔެ

ކާބުލްގެ މިސްކިތަކަށް އައިސިސް އިން ދިން ހަމަލާއެއްގައި 10 މީހަކު މަރުވެއްޖެ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތަކަށް ހޮނިހިރު ދުވަހު އައިސިސް ޖަމާޢަތުން ދިން ހަމަލާއެއްގައި 10 މީހަކު މަރުވެއްޖެ އެވެ.

އެމީހުން ވަނީ ކާބުލްގެ ސެކްޓާ 6 ގައި ހުރި ބަސް ކައިރީގައި ބަހައްޓާފައި ހުރި ބޮމެއް ގޮއްވާލާފައި ކަމަށް އެ ޖަމާއަތުން ޓެލެގްރާމް އެކައުންޓްގައި އާންމުކުރި މެސެޖެއްގައި ބުނެފައި ވެއެވެ.

އެ ޖަމާއަތުން ބުނީ މި ހަމަލާގައި 10 މީހުން މަރުވެފައިވާ ކަމަށާއި މިއީ އަފްޣާނިސްތާނުގެ ދާހިލީ ވުޒާރާއިން އިއުލާނުކުރި ހަމަ އެ އަދަދު ކަމަށެވެ. ކާބުލްގެ ފުލުހުން ބުނީ އިތުރު 30 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އަފްޣާނިސްތާނުގެ އޮފިޝަލުން ވިދާޅުވެފައިވަނީ، މި ހަމަލާއަކީ ހުކުރު ނަމާދު ގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު، އަޅުކަން އަދާކުރުމަށް ދިޔަ މަދުރަސީ ސޫފީ މުޖުތަމައުގެ މެމްބަރުންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.

ހުކުރު ދުވަހުގެ ބޮން ގޮއްވާލި ހާދިސާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ގްރިސްލީ ފޮޓޯތަކުން ފެންނަ ގޮތުގައި، ސަލާމަތްވި މީހުން މިސްކިތުން ބޭރަށް ދުވަމުން ދިޔަ އިރު، ބައެއް މީހުން ވަނީ އަނިޔާ ލިބުނު މީހުންނާއި ކުޑަކުދިންވެސް ގޮވައިގެން ގޮސްފައެވެ.

ހޮނިހިރު ދުވަހު އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ތަރުޖަމާނަކު ވަނީ މި ހަމަލާ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close