ޚަބަރު

ޅ.އަތޮޅުގެ އަޣުލަބިއްޔަތު ނަގާނީ އިންތި: އީވާ


އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި، ޅ.އަތޮޅުގެ އަޣުލަބިއްޔަތު ނަގާނީ އިންތި ކަމުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.

އިންތިގެ ޓީމުން މިދިޔަ ދެ ދުވަހު ދަތުރުކޮށްފައިވަނީ ޅ.އަތޮޅުގެ ރަށްތަކަށެވެ. ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި، ރައީސް ނަޝީދު ގެންދަވަނީ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުންނާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލަށް ތާއީދު ކުރައްވާ ބޭފުޅުންނަށް ދޭތެރެ ދޭތެރެއިން ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. ރައީސް ނަޝީދުވަނީ އެމްޑީޕީ މިސަރުކާރާއި ފެއަށް ޖެހުމަށްވެސް ގޮވާލާފައެވެ.

ރައީސް ނަޝީދު ރައީސް ޞާލިހަށް ސީދާ އަމާޒުކޮށް ބަހުގެ ހަމަލާއެއް ދެއްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ އިމްތިޔާޒު ފަހުމީއާއި، ގޮލޮޅު އުތުރު ދާއިރާގެމެމްބަރު އީވާ އިއްޔެ ރައީސް ޞާލިހުގެ އުފަންރަށް ހިންނަވަރަށް ވަޑައި ގަތުމުން، ހިންނަވަރުގެ ތާއީދު އިންތިއަށް ނެތްކަމަށް އެރަށުގެ މީހުނެ ބުނެ އެރަށު ގިނަ ބަޔަކު އިންތިގެ ޓީމަށް ބަހުގެ ހަމަލާތަކެއް ދީފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ރައީސް ނަޝީދު އެމްޑީޕީގެ މަޖިލިސް މެމްބަރުން ހިމެނޭ ވަޓްސްއަޕް ގްރޫޕުގައި ވިދާޅުވީ މިގޮތަށް ދިމާކޮށް، މީހުން ފޮނުވައިގެން ދިމާކުރެވޭނަމަ، ގަލޮޅަށް ރައީސް ޞާލިހު ވަޑާއިގަތުމުން ރައީސް ޞާލިހާއިވެސް ދިމާ ކޮށްލަންޖެހިދާނެ ކަމަށެވެ. ޅ.އަތޮޅު ދަތުރާއި ގުޅިގެން އިވާ ވިދާޅުވީ އިންތި ޅ.އަތޮޅުން މޮޅުވާނެކަމަށެވެ.

މިދަތުރާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެމް.ޑީ.ޕީގެ އަސާސްތައް ހިފެހެއްޓުމުގެ މުހިއްމުކަން ޅ.އަތޮޅު އެމްޑީޕީ މެންބަރުންނަށް ވަރަށް ސާފުކަމަށެވެ. ރިޔާސީ އިންތިޚާބަކަސް, މަޖިލީސް އިންތިޚާބަކަސް ކައުންސިލް އިންތިޚާބަކަސް ދެންވެސް ކާމިޔާބު ކުރެވޭނީ އެމްޑީޕީގެ އަސާސްތައް ދޫކޮށް ނުލީމާކަން އެމެންބަރުން ފުރިހަމައަށް ގަބޫލު ކުރާކަމަށް ހަސަން ވިދާޅުވިއެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ގުޅިގެން ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ތާއީދު ކުރާ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރެވެމުންނެވެ. މިއިންތިޚާބަކީ މިނިސްޓަރ ފައްޔާޟާއި، މެމްބަރު އިންތިޔާޒުގެ މެދުގައި އޮތް އިންތިޚާބަކަށް ވީނަމަވެސް މިއީ އެމްޑީޕީގެ ރިޔާސީ ޓިކެޓާއިމެދު ރައީސް ނަޝީދާއި، ރައީސް ޞާލިހު ކުރައްވާ ހަނގުރާމައިގެ ފެށުންކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close