ރެސިޕީ

ނާރެސް ރޯދަސުފުރާ – ގެރިކިރު ކޭކް

ތައްޔާރުކޮށްލަން އެންމެ ފަސޭހަ ކޭކަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ގެރިކިރު ކޭކޭ ބުނުމަކުން މުޅިން ދޮގަކަށް ނުވާނެއެވެ. މިއީ ވަރަށް ތައްޔާރުކޮށްލެވިދާނެ އަނގަޔަށް މީރު ކޭކެވެ. މާގިނަ ތަކެއްޗެއްވެސްހޯދާކަށް ނުޖެހެއެވެ. ރޯދަމަހު ރޯދަ ވީއްލަން މިފަހަރު ކާނާއެއްގެ ގޮތުގައި “ނާރެސް ރޯދަސުފުރާގެ ފަރާތުން” މިގެނެސްދެނީ ގެރިކިރު ކޭކް ހަދާނެގޮތެވެ.

ގުޅުންހުރި ލިޔުންތައް

ބޭނުންވާތަކެތި

1 ދަޅު ގެރިކިރު

½ ޖޯޑު ފުށް

1 މޭޒުމަތީސަމުސާ ބޭކިން ޕައުޑާރ

4 ކުކުޅު ބިސް

½ ސައިސަމުސާ ވެނީލާ އެސެންސް

1 މޭޒުމަތީސަމުސާ ބަޓަރ

ތައްޔާރުކުރާނެގޮތް

ބިހާ، ބަޓަރާއި، ފުށާ އެއްކޮށް މިކްސް ކޮށްލާށެވެ. ދެން އޭގެ ތެރެއަށް ގެރިކިރު ދަޅާ ބޭކިން ޕައުޑަރ ކޮޅާއި، އެޅުމަށްފަހު ރަނގަޅަށް އެކުވާނެހެން ގިރާލާށެވެ. ދެން އޭގެ ފަހުގައި އެސެންސްކޮޅު އަޅާލުމަށްފަހު މިކްސްކޮށްލާށެވެ. އޭރުން އެހެރީ މިހާރު ފުށްގަނޑު ގިރާނިމިފައެވެ.

ދެން އަވަން ދޮންކޮށްލުމަށްފަހު ޓްރޭއަކަށް އަޅާ އަވަނަށް ފިހަން ލާށެވެ. އަވަން ބަހައްޓާނީ 125 ގައެވެ. ގާތްގަޑަކަށް 25 މިނިޓުން ކޭކް ފިހެވޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close