ޚަބަރުރެސިޕީ

ނާރެސް ރޯދަސުފުރާ – ޗޮކްލެޓް ވެފަރ ޕުޑިން

ރޯއްދަވީލަން ޚާއްޞަ އެއްޗެއްގެ ގޮތުގައި މިއަދު ނާރެސް ރޯދަސުފުރާއިން މިގެނެސްދެނީ ޗޮކްލެޓް ވެފަރ ޕުޑިން އެވެ. މިއީވެސް ވަރަށް ފަސޭހައިން ހަދާލެވިދާނެ އަދި އަނގަޔަށް މީރު ޕުޑިންއެކެވެ. ކުޑަޚަރަދަކުން ތައްޔާރުކޮށްލެވޭނެ މި ޕުޑިން ތަރާވީސް ދަމަށްވެސް ހަމަ އެންމެ ރަނގަޅު ވާނެއެވެ. އަޖުމަ ބަލާލުމަށް ތައްޔާރުކޮށްލައްވާށެވެ.

ގުޅުންހުރި ލިޔުންތައް

8 ޗޮކްލެޓް ވެފަރ

1 ދަޅު ގެރިކިރު

4 ބިސް

3 މޭޒުމަތީ ސަމުސާ މުގުރި ކަނަމަދު

1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ވެފާރ ތައް ހިމުންކޮށް މުގުރާލާފައި ބަހައްޓާށެވެ. އެއަށްފަހު ބިހާއި ގެރިކިރާއި އެއްކޮށް މިކްސްކޮށްލާށެވެ. ދެން އޭގެ ތެރެއަށް މުގުރި ޗޮކްލެޓް ވެފަރ އެޅުމަށްފަހު ، 2 ޖޯޑު ފެން އަޅައި އެއްކޮށްލާށެވެ. ދެން ޓްރޭއަކަށް ދެ ސަމުސާ ހަކުރާއި، އެސެންސް ފޮދު އަޅާލުމަށްފަހު މަޑުގިނީގައި ބަހައްޓާށެވެ. ރަނގަޅަށް މުށިކުލަ އެރުމުން ދެން ކުރިން ތައްޔާރުކުރި ޗޮކްލެޓް ފުށްގަނޑު އަޅާލާށެވެ. އޭގެ ފަހުގައި ކަނަމަދުކޮޅު މަތިމަތިން ބުރުވާލާށެވެ. އެއަށްފަހު ކުކަރަށް ލުމަށްފަހު އިރުކޮޅަކު އާވިން ކައްކާލާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close