ރެސިޕީ

ބްރެޑް ކްރީމް ޗީޒް ކާހިތްވޭތަ؟ މިއޮތީ ރެސިޕީ

ބްރެޑް ކްރީމް ޗީޒް ކާހިތްވޭތަ؟ މިއޮތީ ރެސިޕީ!

ބޭނުންވާނެ ތަކެތި:

1 ޕާން

ގުޅުންހުރި ލިޔުންތައް

1 މަސްދަޅު

1 ފިޔާ (ތުނިކޮށް ކޮށާފަ)

1 ގިތިޔޮ މިރުސް( ކުދިކޮށް ކޮށާފަ)

3 މޭޒުމަތީ ސަމުސާ މަޔޮނައިޒް

½  ސައިސަމުސާ އަސޭމިރުސް

ލޮނު(ރަހަލާވަރަށް)

½ ސައިސަމުސާ ލުނބޯހުތް

1 ޖޯޑު ފާރޮށިކުނޑި

3 ބިސް

ބްރެޑް ހަދާނެ ގޮތް:

ފާރޮށިކުނޑި އާއި ބިސް އަދި ޕާން ފިޔަވާ ދެން ހުރި ހުރިހާތަކެތި ތައްޓަކަށް އަޅާ ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ޕާންފޮތީގެ މަތީގައި މަސްގަނޑު ހާކާލާށެވެ. ސެންޑްވިޗް ހަދާ ގޮތަށް މައްޗަށް ޕާންފޮއްޗެއް ލުމަށްފަހު ޕާނުގެ ވަށައިގެން ކައިރިފަތް ނަގާށެވެ. އަދި ހަތަރުފަޅިއަށް ވާގޮތަށް ކަފާލުމަށްފަހު ބިހުގެ ތެރެއަށްލުމަށްފަހު ފާރޮށިކުނޑިއަށް ލާށެވެ. ދެން މަޑުގިނީގައި ބްރައުން ކުލަ އަރަންދެން ތެލުލާށެވެ.

ކްރީމް ޗީޒް ހަދަން ބޭނުންވާނެ ތަކެތި:

ކުޑަ ކެޕްސިކަމްކޮޅެއް ( ކުދިކޮށް ކޮށާފަ)

ކުޑަ ލީކްސްކޮޅެއް (ކުދިކޮށް ކޮށާފަ)

ފިޔާ ފަޅިއެއް (ކުދިކުދިކޮށް ކޮށާފަ)

ލޮނުކޮޅެއް(ރަހަލާވަރަށް)

½ ސައިސަމުސާ އަސޭމިރުސް

2 މޭޒުމަތީ ސަމުސާ ޗިލީ އެންޑް ގާލިކް ސޯސް

4 މޭޒުމަތީ ސަމުސާ ކްރީމް ޗީޒް (ނުވަތަ) 3 މޭޒުމަތީ ސަމުސާ މަޔޮނައިޒް

½ ސައިސަމުސާ މުގުރި މިރުސް

ކްރީމް ޗީޒް ހަދާނެގޮތް:

ހުރިހާ ތަކެތި ތަށްޓަކަށް އެޅުމަށްފަހު ރަނގަޅަށް އެއްވަންދެން އެއްކޮށްލާށެވެ.  މި ކްރީމާއި އެކު ބްރެޑް ވަރަށް މީރުވާނެވެ. އަޖުމަ ބައްލަވާލެއްވުމަށް ތައްޔާރުކޮށްލާވާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close