ރެސިޕީ

ނާރެސް ރެސިޕީ: ފަޅޮލު ގޮނޑި ބޯކިބާ

ދިވެހިވަންތަ ދިވެހިކާނާގެ ތެރެއިން ފަޅޮލުގޮނޑި ބޯކިބަލަކީ ކުރީޒަމާނުގައި ( ބޮޑުތަދު ގައި ) ދިވެހިންގެ ކެއުމުގައި އެންމެ ގިނައިން ބޭނުންކުރި އެއްބާވަތް ކަމަށްވާ ފަޅޮލު ގޮނޑި ބޭނުންކޮށްގެން މިޒަމާނުގެ ބޯކިބާ އަޅާ ގޮތަށް މޮޑިފައިކޮށް ތައްޔާރުކުރާ ސަތޭކަ ޕަސަންޓް ދިވެހި އަމިއްލަ އުފެއްދުމެކެވެ.
އަނގަޔަށް މީރު ދިވެހި ކާނާއެއްގެ އަޖުމަ ބަލައިލުމަށް ފަޅޮލު ގޮނޑި ބޯކިބާ ޚިޔާރުކުރައްވާށެވެ.


ބޭނުންވާތަކެތި:

ފަޅޮގަހުގެ ބުރިވަރެއް ( 8 އިންޗިފަލަ 4 އިންޗި ދިގު މިން ހުންނަހާ )
2 ގަބުޅި އާދައިގެ
2 ޖޯޑު ހަކުރު
2/1 ޖޯޑް ގޮދަންފުށް


ތައްޔާރުކުރާނެގޮތް:

ފަޅޯގަހުގެ ބައި ހުނިގާނާ ދަތިން ރީތިކޮށް ހިމުންކޮށް ގާނާލާށެވެ. ދެން މަޑުވަންދެން ފެނުގައި ކައްކާށެވެ. ރަގަޅަށް މަޑުވުމުން ފެންހުސްކޮށް އޭގެ ތެރެއަށް ގަބުޅި ހުންޏާ ހަކުރާ އެއްކޮށްފައި ދެން ފުށްއަޅާށެވެ. ދެން ކުޑަ އެސެންސް ކޮޅެއް އެޅުމަށްފަހު ޓްރޭއަށް އަޅާ އަވަނަށް ލާށެވެ.
150 ޓެމްޕޯގައި އަވަން ބަހައްޓާށެވެ. ދެން ރޯފިލާވަރަށް ފިހުމުން ނަގާށެވެ. އޭރުން އެހެރީ ފަޅޮލުގޮނޑި ބޯކިބާ ތައްޔާރުކުރެވިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close