ރެސިޕީ

ނާރެސް ރޯދަސުފުރާ – ޗަންކީ ޗޮކް ޕުޑިންގ

ނާރެސް ރޯދަސުފުރާއިން މިއަދު މިގެނެސްދެނީ ޗަންކީ ޗޮކް ޕުޑިން ތައްޔާރުކޮށްލާނެ ގޮތެވެ. މިއީވެސް މަދު އެތިކޮޅެއް ބޭނުންކޮށްގެން ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ޕުޑިންގ އެކެވެ. ރޯދަމަހު ރޯދަވީއްލާގަޑިއަށްވެސް ތަރާވީސް ދަމަށްވެސް މި ޕުޑިންވެސް ވަރަށްކަމުދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ބޭނުންވާ ތަކެތި

1 ޕެކެޓް ވިޕް ކްރީމް

1 ޕެކެޓް ޗަންކީ ޗޮކް

1 ޕެކެޓް ރޯކިރު ބޮޑު

1 ޕެކެޓް ބިސްކޯދު މަންޗީ މާރީ

ތައްޔާރުކުރާނެގޮތް

ވިޕްކްރީމް ޕެކެޓް މިކްސަރަށް އެޅުމަށްފަހު ކުޑަކޮށް ގިރާލާށެވެ. ދެން އެތެރެފެންނަކަހަލަ ތައްޓަކަށް ވިޕްކްރީމްގެ އެއްބައި އަޅާށެވެ. އޭގެ ފަހުގައި މަންޗީ މާރީ ބިސްކޯދު ފޯކުރުމަށްޓަކައި ރޯކިރު ޕެކެޓް ތައްޓަކަށް އަޅާފައި ބިސްކޯދު އޭގެތެރެއަށް ލައި ފޯކޮށްލުމަށްފަހު ނަގާ ވިޕްކްރީމް މަތީގައި ލޭޔަރަކަށް ވާގޮތަށް ރީތިކޮށް އަތުރާލާށެވެ. ދެން ޗަންކީ ޗޮކް ޕެކެޓްގެ އެއްބައި މިކްސަރަށް އަޅާފައި އޭގެތެރެއަށް ރޯކިރު ޕެކެޓްގެ ބާކީބައި އަޅާ ގިރާލާށެވެ. ގިރާނީ ކުޑަކޮށް ރާޅުކޮށް ހުންނަ ވަރަށެވެ. ދެން ކުރިން އެޅި ބިސްކޯދު ލޭޔަރުގެ މައްޗަށް ޗަންކީ ޗޮކް ގެ އެއްބައި އަޅާ ލޭޔަރަކަށް ވާގޮތަށް އަޅާށެވެ. ދެން އޭގެމައްޗަށް ވިޕްކްރީމްގެ ލޭޔަރެއް އަޅާށެވެ. ދެން އެ ލޭޔަރުގެ މައްޗަށް ބާކީހުރި ޗަންކީ ޗޮކް ކުޑަކޮށް ހިމުންކޮށް މުގުރާލުމަށްފަހު އަޅާށެވެ.

މިގޮތަށް އެމީހަކު ބޭނުންވަރަކަށް ލޭޔަރު އިތުރު ކުރެވިދާނެއެވެ. މި ޕުޑިން އައިސް އަލާމާރީގައި ބަހައްޓައިގެން ފިނިކޮށްލުމަށްފަހު ކެއުމަށް ވަރަށް ކަމުދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close