ރެސިޕީ
ފަސޭހައިން ކެރެޓް ޕުޑިން ހަދާނީ ކިހިނެތް؟
ފަސޭހައިން ކެރެޓް ޕުޑިން ހަދާނީ ކިހިނެތް؟
ބޭނުންވާ ތަކެތި
1 ޖޯޑު (ގަނާފައި ހުރި ކެރެޓް)
6 ބިސް
1 ދަޅު ގެރިކިރު
3 ސަމުސާ ހަކުރު
1 ސަމުސާ ވެނީލާ އެސެންސް
ހަދާނެގޮތް
- ކޭކުފިހާ ޓުރޭއަކަށް ހަކުރުކޮޅު އަޅާފައި މަޑުގިނީގައި ބަހައްޓައިގެން ހަކަރުކޮޅު ރަތް ވަންދެން ކައްކާށެވެ.
- ހަކުރުކޮޅު ރަތްވީމާ، އުނދުންމަތިން ބަލާށެވެ.
- މުޅި ތަށީގައި ހަކުރުކޮޅު ހާކާފައި ހިހޫކުރަން ބަހައްޓާށެވެ. ހިހޫވީމާ، ހުންނާނީ ރީތިކޮށް ހަރުވެފައެވެ.
- މިކްސަރަށް ބިހާއި ގެރިކިރާއި ގަނާފައި ހުރި ކެރެޓާއި އެސެންސް އަޅާފައި ހުރިހާ އެއްޗެއް އެއްވަންދެން މިކްސަރުން ރަނގަޅަށް މުގުރާލާށެވެ.
- ކޭކު ޓުރޭއަށް މިތަކެތި އޮއްސާލާށެވެ.
- އަވަނުން ފިހެލާށެވެ. ނުވަތަ އާވީން ކައްކާށެވެ.
- ބައިގަޑިއެއްހައި އިރުން ހުންނާނީ ޕުޑިން ތައްޔާރުވެފައެވެ.