ނާރެސް ރެސިޕީ: ޓޮމާޓޯ ބަސިލް ސޫޕް
ރޯދަމަހުގެ ޚާއްޞަ ޑިޝްއެއްގެ ގޮތުގައި މިފަހަރު ނާރެސް ރެސިޕީގައި މިގެނެސްދެނީ ޓޮމާޓޯ ބަސިލް ސޫޕް ތައްޔާރުކުރާނެގޮތެވެ. މިއީ ދިވެހިންނަށް މާ ޢާންމު އެއްޗަކަށް ނުވިޔަސް ދިވެހިންގެ ކެއުންތަކާއި، ގުޅޭ ގިނަ ބަޔަކަށް އަނގަޔަށް މީރު ކެއުމެއް ކަމުގައި ބެލެވެއެވެ.
ބޭނުންވާނެ ތަކެތި:
6 ޓޮމާޓޯ (ވަކި ޚާއްސަ ވައްތަރެއްގެ ޓޮމާޓޯއެއް ނޫނަސް ރަނގަޅެއް ނޫން)
2 ލޮނުމެދު
ސައިސަމުސާ އޮލިވް އޮއިލް
6-8 ތާޒާ ބަސިލް ފަތް ކުދިކޮށް ކޮށާފައި
ލަހަރާވަރުގެ ލޮނުކޮޅެއް
1 ސައިސަމުސާ އަސޭމިރުސް
ފުރެންޗް ބުރެޑް ނުވަތަ (އާދައިގެ ޕާން)
2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
ތައްޔާރު ކުރާނެ ގޮތް
ޓޮމާޓޯ އިން ތޮށިމަށާނެ ގޮތް:
ކުޑަ ޖަގެއްގެ ހޫނުފެން ކެއްކުމަށްފަހު، އޭގެ ތެރެއަށް ޓޮމާޓޯތައް އެޅުމަށްފަހު މިނެޓެއް ވަރުބެހެއްޓާށެވެ. ޓޮމާޓޯ އެޅުމުގެ ކުރިން ޓޮމާޓޯގެ ފުލުން ކުރޮސްވާގޮތަށް ކުޑަކޮށް އަނިއަޅާލާށެވެ. އޭރުން ތޮށި ނޮޅަން ފަސޭހަވާނެއެވެ. ދެން އަތްލެވޭ ވަރަށް ފެން ހިހޫ ވުމުން ވަޅިއެއް ނުވަތަ ސަމުސަލަކުން ޓޮމާޓޯތަކުގެ ތޮށިގަނޑު ނޮޅާލާށެވެ.
ބުރެޑް ތައްޔާރު ކުރާނެގޮތް:
ފުރެންޗް ބުރެޑް ނުވަތަ (އާދައިގެ ޕާން) ދެ އިންޗި ހުންނަވަރަށް ހަތަރެސްކަނަށް ނުވަތަ ވައްކޮން ފޮތިކުރުމަށްފަހު، އޮލިވް އޮއިލް ރަނގަޅަށް ޕާންތަކުގައި އުގުޅާށެވެ. ދެން އަވަން 230 ޑިގްރީގައި އޮން ކޮށްފައި ބަހައްޓާށެވެ. އެއަށްފަހު، ބުރެޑްތައް ޓުރޭއެއްގައި ރީތިކޮށް އަތުރާލުމަށްފަހު، އަވަނަށްލައި 5-6 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ނަގާށެވެ. އޭރުން ހުންނާނީ ޕާން ތަކަށް މަޑު ބުރައުންކުލައެއް އަރާ ރަނގަޅަށް މުރަނަވެފައެވެ.
ދެން އެއަށްފަހު ޓޮމާޓޯތައް ކިއުބުކޮށް ކުދިކޮށް ކޮށާލާށެވެ. ބޭނުންނަމަ އޮށްކޮޅު ވަކިން ނެގިދާނެއެވެ. ދެން ބަސިލްފަތްކޮޅު ކުދިކޮށް ކޮށާލާށެވެ. ދެން އަވަން 230 ޑިގްރީގައި އޮން ކޮށްފައި ބަހައްޓާށެވެ. ދެން ބުރެޑް ފިޔަވާ ބާކީ ހުރި ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ރަނގަޅަށް މަޑުމަޑުން މޮޑެލާށެވެ. އެންމެފަހުން، ބުރެޑްފޮތިތައް މަތީގައި ތައްޔާރުކުރި ޓޮމާޓޯ ބަސިލްކޮޅުން އެފޮއްޗަކަށް ވާވަރަށް އަޅާލުމަށްފަހު އިންސާފުކުރައްވާށެވެ.
Eh bai madhu. Koba soup hadhaa goi?