ނާރެސް ރޯދަ ބަދިގެ: ކެރަމަލް ޕުޑިން
ރޯދަމަހު ރޯދަވީއްލާ ގަޑީގައިވެސް އަދި ހާރުދަމުގައިވެސް ކާލަން އެންމެ މީރު އެކައްޗަކަށްވާނީ ކެރަމަލް ޕުޑިންއެވެ. މިއީ ވަރަށް ގިނަމީހުން ވަރަށް ގިނަތަފާތު ގޮތްގޮތަށް ތައްޔާރުކޮށް އުޅޭ ބާވަތެކެވެ. ނަމަވެސް ކެރަމަލް ޕުޑިންގެ ރެސިޕީއެއް ނާރެސްއިން މިއީ ގެނެސްދޭ ފުރަތަމަ ފަހަރެވެ. ތަފާތުވާނެއެވެ. ނިކަން އަޖުމަ ބަލައްވާލައްވާށެވެ.
* ބޭނުންވާ ތަކެތި:
2 ދަޅު ގެރިކިރު
12 ބިސް
2 ޖޯޑް ފެން
2 ސައިސަމުސާ ވެނީލާ އެސެންސް
3 މޭޒުމަތީ ސަމުސާ ހަކުރު
ތައްޔާރު ކުރާނެ ގޮތް:
ބިހާއި ކިރު އަދި ފެން އެއްކޮށް މިކްސަރުން ރަނގަޅަށް ގިރާލާފައި އެސެންސް ވެސް އެއްކޮށްލާށެވެ. ދެން އަވަން ޕްރީހީޓް ކޮށްލާށެވެ. އެއީ ގާތްޑަކަށް ފެރަންހައިޓުން ނަމަ 350 ޑިގްރީއަށެވެ. އަދި ޑިގްރީސެލްސިއަސްއިން ނަމަ 175 ޑިގްރީއަށެވެ.
ދެން ޓްރޭއަކަށް ހަކުރުކޮޅު އަޅާފައި ބްރައުން (މުށި) ކުލަ އަރަންދެން ބަހައްޓާށެވެ.
އެއަށް ފަހު ޓްރޭ އަވަނުން ނެގުމަށް ފަހު ގިރާފައި ހުރިބައި ޓްރޭއަށް އަވަނަށް ލާށެވެ. އަވަނުން ފިހެލާށެވެ
މަޢުލޫމާތު ނެގީ:
އޯލްރެސިޕީ.ކޮމް
ކިހިނެތްވާނެބާ އަނެއްކާ އަނގަޔަށްލައި ކާންކެރޭނެބާ
yaaa