ރެސިޕީ

ފަސޭހަކަމާއިއެކު ތަންދޫރި ޗިކަން ޕިއްޒާ އަޅާނީ ކިހިނެތް؟

ފަސޭހަކަމާއިއެކު ތަންދޫރި ޗިކަން ޕިއްޒާ އަޅާނީ ކިހިނެތް؟

ތަންދޫރީ ޗިކަން އަކީ ދިވެހިންގެ ތެރޭގައި މިހާރު އާންމު ކެއުމެކެވެ. އެގޮތުން މިއަދުގެ ނާރެސް ރޯދަ ސްފުރާގައި މި ގެނެސްދެނީ ތަންދޫރީ ޗިކަން ޕިއްޒާއެއް ތައްޔާރުކުރާނެ ގޮތެވެ.

ތަންދޫރީ ޗިކަން ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:
200ގ ކުކުޅު (ކަށި ނެތް) ކުދިކޮށް ކޮށާފައި
2 މޭޒުމަތީ ސަމުސާ ތަންދޫރީ ޕޭސްޓަ
2 ލޮނުމެދު (ޗަސް ކޮށްފައި)
1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
1 ސައި ސަމުސާ ގަރަމް މަސާލާ
1 ޕްލައިން ޔޯގަޓު ތަށި

ގުޅުންހުރި ލިޔުންތައް

1 މޭޒުމަތީ ސަމުސާ ރަތްކުލައިގެ ކާކުލަ

ހައްދަވާނެ ގޮތް
ހުރިހާ ތަކެތި ބޯތައްޓެއްގައި ރަނގަޅަށް އެއްކޮށްލެއްވުމަށް ފަހު ކުކުޅުކޮޅު އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު ބޯތަށި މަތިން ރަބަރު އެޅުމަށްފަހު އައިސްއަލަމާރިއަށް ލައްވާށެވެ. މެރިނޭޓް ކުރުމައް މަދުވެގެން 1 ގަޑި އިރު ވަންދެން އަލަމާރީގައި ބަހައްޓަވާށެވެ.  ތަވައަކަށް ކުޑަ ތެޔޮފޮދެއް އެޅުމަށްފަހު ކުކުޅުކޮޅު 10 މިނެޓް ވަންދެން ރަނގަޅަށް ރޯފިލުވާލާށެވެ.

ޕިއްޒާ ހެދުމަށް ބޭނުންވާނެ ތަކެތި:

1 ފިޔާ( ކިއުބުކޮށް ކޮށާފައި)

2 ލޮނުމެދު (ގާނާފައި)

½ ޖޯޑު ބެލްޕެޕަރ (ކުދިކޮށް ކޮށާފައި)

ކުޑަ ކެޕްސިކަމް ކޮޅެއް(ކުދިކޮށް ކޮށާފައި)

5 ހިކަނދިފަތް ( ކުދިކޮށް ކޮށާފައި)

1 ސައިސަމުސާ އަސޭމިރުސް

1 ސައިސަމުސާ ދިރި

2 ގިތިޔޮ މިރުސް (ކުދިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް

ރަހަ ދޭވަރަށް ލޮނުކޮޅެއް

ޕިއްޒާ ސޯސް ތައްޔާރުކުރައްވާނެ ގޮތް

ތަވައަކަށް ތެޔޮފޮދެއް އެޅުމަށްފަހު ފިޔާ، ލޮނުމެދު، ބެލްޕެޕަރ އަޅާށެވެ. ރަނގަޅަށް ފިޔާކޮޅު މޯޅިވުމުން ބާކީ ހުރި ތަކެތި އެޅުމަށްފަހު މަޑުގިނީގައި ހަނާކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ތަންދޫރީ ޗިކަން ކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އަދި ޕިއްޒާ ފުށްގަނޑަށް މިސޯސްގަނޑު އެޅުމަށްފަހު މަތިން ކުޑަ މަޔޮނައިސް ކޮޅެއް ހާކާލުމަށްފަހު ޗީޒް އަޅުއްވާށެވެ. އެއަށްފަހު އަވަނުން ފިހެލާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close